އޭޖީއާ ދެކޮޅަށް ވޯޓު ދީފިއްޔާ ޕާޓީން ވަކިކުރާނަން: އިބުރޭ

އޭޖީއާ ދެކޮޅަށް ވޯޓު ދީފިއްޔާ ޕާޓީން ވަކިކުރާނަން: އިބުރޭ
ލިޔުން:
ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ މައްސަލައަށް ވޯޓުދޭ އެމްޑީޕީގެ މެންބަރުން ވަކިކުރާނެ ކަމަށް އެމްޑީޕީ އިން ބުނެފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ވަނީ ރާއްޖެ އާއި މޮރިޝަސް އާ ދެމެދު އޮތް އިމުގެ މައްސަލައިގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ސަރުކާރުން ދޫކޮށްލި ކަމަށް ކުރާ ތުހުމަތުގައި ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައެވެ.
މި މައްސަލާއިގެ ސަބަބުންް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަންގެ މެންބަރުންގެ ތާއީދު އޮތީ ރިފްއަތު މަގާމުން ވަކިކުރުމަށެވެ. އަދި އެ ޕާޓީން ވަނީ ހަމަ އެ ދުވަހު ބަޔާނެއްވެސް ނެރެފައެވެ.
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަދި ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހީމް ވަހީދު ވިދާޅުވީ، އެ މައްސަލައިގައި އެމްޑީޕީން ރިފްއަތާ ދެކޮޅަށް ވޯޓު ނުދޭނެ ކަމަށާއި އޭނާ އެ މަގާމުން ވަތްކެއް ނުކުރެވޭނެ ކަމަށެވެ.
ވަހީދު ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވައިދުގައިވަނީ، އެހެން ޕާޓީއެއްގެ ހަރަކާތްތަކުގައި ބައިވެރިވެއްޖެ ނަމަ، ޕާޓީގެ މެންބަރުކަން ގެއްލޭނެ ކަމަށާއި އަދި ޕާޓީން ވަކިކުރުމުގެ ކުރިން އެ މެންބަރުންނަށް އެކަން އަންގައި، ދިފާއުގައި ހުށަހަޅަން ޖެހޭ ހުށަހެޅުން ހުށަހަޅަން ފުރުސަތު ދޭންޖެހޭނެ ކަމަށެވެ.
ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފާސްވުމަށް މަޖިލީހުގެ ދެބައިކުޅާ އެއްބައި މެންބަރުންގެ ވޯޓު ބޭނުންވާނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
