އެޕްރިކާގެ 10 ގައުމަކުން އެމް-ޕޮކްސް ވައިއަރަސް ފެނުމާގުޅިގެން ދުނިޔެ ކުއްލިނުރައްކަލުގެ ހާލަތައް ގެންނަންޖެހޭތޯ ބަލަނީ

އެޕްރިކާގެ 10 ގައުމަކުން އެމް-ޕޮކްސް ވައިއަރަސް ފެނުމާގުޅިގެން ދުނިޔެ ކުއްލިނުރައްކަލުގެ ހާލަތައް ގެންނަންޖެހޭތޯ ބަލަނީ
ލިޔުން:
އެފްރިކާގެ 10 ގައުމަކުން އެމް-ޕޮކްސް ފެނުމާގުޅިގެން ދުނިޔެ ކުއްލި ނުރައްކަލުގެ ހާލަތައް ގެންނަން ޖެހޭތޯ ބެލުމަށް ފަންނީ މާހިރުންގެ ބައްދަލުވުމެއް ބާއްވަން ނިންމާފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިސްވެރިޔާ ވިދާޅުވީ ވިދާޅުވެއްޖެއެވެ.
ޖެނީވާގައި މި ހަފުތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް ވިދާޅުވީ ކޮންގޯއިން ބޭރުގައި އެފްރިކާގެ އެހެން ގައުމުތަކަކުން އެމް-ޕޮކްސް ކޭސްތައް ފެންނަމުންދާ މިންވަރު އިތުރުވަމުންދާތީ، ފަންނީ މާހިރުންގެ ކިބައިން ވީހާވެސް އަވަހަކަށް ޑަބްލިއުއެޗްއޯއަށް ލަފާ ދިނުމަށް އެދިފައިވާނެ ކަމަށެވެ.
އެފްރިކާގެ ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން މިދިޔަ ހަފުތާގައި ބުނެފައި ވަނީ މިއަހަރު މިހާތަނަށް އެފްރިކާގެ 10 ގައުމަކުން އެމް-ޕޮކްސް ފެނިފައިވާ ކަމަށާއި، އަދި މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ކޭސްތަށް ފެނިފައިވާ އަދަދު 160 ޕަސެންޓް އިތުރުވެ މީހުން މަރުވާ އަދަދު 19 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ.
ޖުލައި މަހުގެ 11 ވަނަ ދުވަހު ޓެޑްރޯސް ވިދާޅުވީ މިއަހަރު ކޮންގޯގައި 11000 އަށް ވުރެ ގިނަ މީހުން އެ ބައްޔަށް ޕޮޒިޓިވްވެފައިވާކަމަށއި، މިހާތަނަށް 445 މީހުން މަރުވެފައިވާ ކަމަށެވެ. އަދި އެ ވައިރަހުގެ ނުރައްކާ އެންމެ ބޮޑަށް ކޮށްފައިވަނީ ކުޑަކުދިންނަށް ކަމަށެވެ.
އެފްރިކާ ގައި ވެސް އެމް-ޕޮކްސް ފެތުރެމުންދާތީ އެގައުމުގެ ސީޑީސީން ބުނެފައިވަނީ އެ ގައުމުގައި އެމްޕޮކްސް ފެތުރޭ މިންވަރު އިތުރުވަމުންދާތީ އަންނަ ހަފުތާގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރާންޖެހިދާނެކަމަށް ބެލެވޭ ކަމަށެވެ.
މިހަފްތާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފަންނީ މާހިރުންގެ ބައްދަލުވުމަށްފަހު ޑަބްލިއުއެޗްއޯއިން ބައިނަލްއަގްވާމީ ކަންބޮޑުވުމުގެ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް ނުވަތަ ޕީއެޗްއީއައިސީ އިއުލާނު ކުރަން ވީތޯ ނުވަތަ ނޫންތޯ ނިންމާނެއެވެ.
ޖުލައި މަހުގެ 11 ވަނަ ދުވަހު ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް ވިދާޅުވީ މިއަހަރު ޑީއާރުސީގައި 11،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ 445 މީހުން މަރުވެފައިވާ ކަމަށާއި އޭގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ކުޑަކުދިންނަށް ކަމަށެވެ.
އެމްޕޮކްސް އަކީ މަންކީޕޮކްސް ވައިރަހުގެ ސަބަބުން ޖެހޭ ބައްޔެކެވެ. މި ވައިރަސް އެއްމެފުރަތަމަ ފެނިފައިވަނީ 1958 ވަނައަހަރު ޕޮކްސް ގެ އައުޓް ބްރޭކެއް ތަހުލީލުކުރުމުގެ ތެރޭގައި މަކުނެއް ގެ ހަށިގަނޑުންނެވ. އޭގެ ފަހުން އެއްމެ ފުރަތަމަ އިންސާނެއްގެ ހަށިގަނޑުން މިވައިރަސް ފެނިފައިވަނީ 1970 ވަނަ އަހަރު ކޮންގޯއިންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
