
އެފްރިކާގައި ހިފަހައްޓާފައި އޮތް، އެފްއެސްއެމްގެ ދެބޯޓު ގެނައުމުގެ މަަސައްކަތް ކުރަނީ
އެފްރިކާގައި ހިފަހައްޓާފައި އޮތް، އެފްއެސްއެމްގެ ދެބޯޓު ގެނައުމުގެ މަަސައްކަތް ކުރަނީ
ލިޔުން:
ސަރުކާރުގެ ތެޔޮ ކުންފުނި ކަމަށްވާ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ދެ ބޯޓެއް މިސްރުން ފުރައިގެން ދިވެހިރާއްޖެ އަށް ދަތުރު ކުރަމުން އެފްރިކާގެ އެރިޓްރިއާއަށް ބަނދަރު ކުރުމުން އެގައުމުން އެދެބޯޓާއި ބޯޓުގެ ފަޅުވެރިން ހިފަހައްޓައިފައިވާތީ އެ ދެބޯޓު ގެނައިމުގެ މަަސއްކަތް ފަށައިފިއެވެ.
މި ދެ ބޯޓު އެރިތުރިއާގެ ސިފައިން ހިފެހެއްޓީ ހުއްދަ ނުހޯދާ އެގައުމަށް ވަތް ކަމަށް ބަލާފައި މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ.
އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަން މީޑިއާ އަށް ވިދާޅުވެފައިވަނީ އެރިޓްރިއާގައި ދެބޯޓު ތާށިވީ، ވަރަށް ބޮޑަށް މޫސުން ގޯސްވެ ދަތުރު ނުކުރެވިގެން އެ ގަައުމަށް ބަނދަރު ކުރުމުން، ހުއްދަ ނުހޯދައި ބަނދަރު ކުރި ކަމަށް ބަލައިފައި ކަމަށެވެ.
އެއިން ކޮންމެ ބޯޓެއްގައި ދެ ދިވެހިންނާއި މިސްރުގެ ހަތަރު ފަޅުވެރިން ތިބި ކަމަށާއި ދެ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު ކަމަށް އެފްއެސްއެމް އިން ބުނެފައިވެއެވެ.
އެރިތުރިއާއަކީ ރާއްޖެއާ ސިޔާސީ ގޮތުން ގުޅުން ބޮޑު ގައުމަކަށްނުވާތީ މައްސަލަ ހައްލުކުރުމުގައި ދަތިތަކެއް ހުރިނަމަވެސ، ްފޮރިން މިނިސްޓްރީ ވާހަކަ ދައްކައިގެން އިންޑިއާގެ ނިއު ދިއްލީގައި ހުންނަ އެރިތުރިއާގެ ހައިކޮމިޝަނާއި ރާއްޖޭގެ ހައި ކޮމިޝަނުން މަޝްވަރާކުރަމުންދާކަމަށް ވެސް އެފްއެސްއެމް އިން ބުންޏެވެ.
އެ ދެ ބޯޓަކީ ރާއްޖޭގައި ދުއްވުމަށް މިސްރުން ގެންނަ، 250 ހާސް ލިޓަރުގެ ކެޕޭސިޓީގެ ބާޖު ގޮތަށް ހަދާފައިވާ ދެ ބޯޓެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
