އެފްކޮންސް ކުންފުނި ވިއްކަައިލުމަކުން ރާއްޖޭގައި ކުރާ މަސައްކަތަކަށް ބުރުލެއް ނާރާނެ: ސަރުކާރު

އެފްކޮންސް ކުންފުނި ވިއްކަައިލުމަކުން ރާއްޖޭގައި ކުރާ މަސައްކަތަކަށް ބުރުލެއް ނާރާނެ: ސަރުކާރު
ލިޔުން:
ރާއްޖޭގައި ބޮޑު ދެ މަޝްރޫއެއް ހިންގަމުން އަންނަ އެފްކޮންްސް އިންފްރާސްޓްރަކްޗާގެ މެޖޯރިޓީ ހިއްސާ އޮންނަ ޝާޕޫރްޖީ ޕަލޯންޖީ ގްރޫޕް (އެސްޕީ) އިން ނިންމިޔަސް، އެފްކޮންސް އިން ރާއްޖޭގައި ކުރާ މަސައްކަތަށް ބުރުލެއް ނާރާނެ ކަަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ބައިނަލް އަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެސްޕީ ގްރޫޕުން އަންނަނީ އެކުންފުނީގެ ރައުސްމާލުތަކުގެ ތެރެއިން ބައެއް ވިއްކާލައިގެން ދެ ބިލިޔަން ޑޮލަރު ހޯދަން މަސައްކަތް ކުރަމުންނެވެ. އެގޮތުން ވިއްކައިލާ ރައުސްމާލުގެ ތެރޭގައި އެފްކޮންސް ހިމެނެ އެވެ. އެފްކޮންސް އަކީ ތިލަމާލެ ބްރިޖާއި އައްޑޫގެ މަގުތައް ހެދުމުގެ މަސައްކަތް ކުރާ ކުންފުންޏެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ އެފްކޮންސް ވިއްކައިލުމާ ބެހޭ ގޮތުން ސަރުކާރާ މައުލޫމާތު ހިއްސާކޮށްފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް ދުނިޔޭގެ ބޮޑެތި ހޯލްޑިން ކުންފުނިތަކުން އެކުންފުނިތަކުގެ ދަށުގައިވާ ސަބްސިޑަޔަރީ ކުންފުނިތައް ވިއްކައިލުމަކީ އާއްމުކޮށް ހިނގާ ކަމެއް ކަމަށާއި އެފްކޮންސް ވިއްކާލާ ވާހަކަ މީޑިއާއިން އަޑު އިިވިވަޑައިގެނފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެފްކޮންސް ކުންފުނި، އެފްކޮންސް ކުންފުނީގެ ޕޭރެންޓް ކުންފުނިން ވިއްކާލަން އުޅޭ ވާހަކަ މީޑިއާތަކުން އަޅުގަނޑަށް ވެސް ކޮންމެވެސް ވަރަކަށް ފެނުނު. އެހެން ނަމަވެސް އެއީކީ ރާއްޖޭގައި ހިންގަމުންދާ މަޝްރޫއުތަކަށް އެއްވެސް ކަހަލަ އަސަރެއް ކުރާނެ ކަމެއްނޫން،" މިއުވާން ވިދާޅުވި އެވެ.
އޭގެ މިސާލެއްގެ ގޮތުގައި އޭނާ ދެއްކެވީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސީޕްލޭންގެ ހިދުމަތްދޭ ޓްރާންސް މޯލްޑިވިއަން އެއާ (ޓީއެމްއޭ)ގެ މެޖޯރިޓީ ހިއްސާ އެކިފަަހަރުމަތިން ވިއްކައިލި އިރު އެކުންފުނީގެ އޮޕަރޭޝަންތަކަށް ބަދަލެއް ނައިސް ކުރިއަށްދާ ދިއުމެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
