މާލޭ، މަޖީދީ މަގާއި ސޯސަންމަގު ގުޅޭ ހަތަރު އަނގޮޅި ކަންމަތީ ކައިރީގައި ހުރި އިމާރާތެއްގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިފިއެވެ.
މިހާރު އެ ސަރަަހައްދުގައި އެމްއެންޑީއެފްގެ ފަޔާ ރެސްކިއު ޓީމުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގައިފައިވަނީ އިރުއޮއްސި 18:10 ހާއިރެވެ.މި ހާދިސާ ހިނގާފައިވަނީ ހ.ސަންގުރޭޒްގެ ފުރަތަމަ ފަންގިފިލާގައެވެ. އެމްއެންޑިއެފްގެ ފަޔަރ ފައިޓަރުން ހާދިސާ ހިނގިސަރަހައްދަށް އައިސް އަލިފާން ނިއްވުމަށް ކުރި މަސައްކަތުން އަލިފާންގަނޑު ކޮންޓްރޯލްވެފައިވަނީ 18:23 ހާއިރުއެވެ.
އަލިފާނުގެ މިހާދިސާގައި 3 މީހަކަށް އަނިޔާވެގެން ހޮސްޕިޓަކުން ފަރުވާ ހޯދާފައިވާއިރު، ހާދިސާ ހިނގާފައިވަނީ އަވަނެއް އޯވާ ހީޓްވުމުގެ ސަބަބުންކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.







