މާލެ: 31°C

އޭޑީކޭގެ ހިދުމަތުގެ އަގުތައް މާދަމާ އިން ފެށިގެން ބޮޑު ކުރަނީ

December 14, 2022
2 ފަހަރު ބަލާފައި
އޭޑީކޭގެ ހިދުމަތުގެ އަގުތައް މާދަމާ އިން ފެށިގެން ބޮޑު ކުރަނީ
އޭޑީކޭގެ ހިދުމަތުގެ އަގުތައް މާދަމާ އިން ފެށިގެން ބޮޑު ކުރަނީ
އޭޑީކޭ ހޮސްޕިޓަލުން ދޭ ހިދުމަތް ތަކުގެ އަގު މާދަމާ އިން ފެށިގެން ބޮޑު ކުރާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. އިއްޔެ އޭޑީކޭން ކުރި އިއުލާނެއްގައި ބުނި ގޮތުގައި ހިދުމަތްތަކުގެ އަގު ބޮޑުކުރަން ނިންމީ ، 2020 ވަނަ އަހަރުން ފެށިގެން އިޤްތިސާދަށް އައި ހީނަރުކަމާއި، އިންފްލޭޝަން ރޭޓް މަތިވެ، މުދަލާއި ހިދުމަތްތަކުގެ އަގު ރާއްޖެއާއި ރާއްޖޭން ބޭރުގައި ބޮޑުވެފައި ވާތީ އެވެ. އެހެންވެ އެ ހޮސްޕިޓަލްގެ ހިންގުމުގެ ހަރަދުތައް ބޮޑުވެފައިވާ ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ. "...އެގޮތުން އޭޑީކޭގެ ހިންގުމުގެ ހަރަދުތައް ވެސް އެތައް ގުނައަކުން ބޮޑުވެގެން ދިއުމާއި އެކު ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ފޯރުކޮށްދިނުމަށް ޓަކައި، މިހޮސްޕިޓަލުން ދެމުން ގެންދާ ހިދުމަތްތަކުގެ އަގުތައް 15 ޑިސެމްބަރު 2022 އިން ފެށިގެން ބޮޑުކުރުމަށް ވަނީ ނިންމައިފަ އެވެ،" އޭޑީކޭގެ ބަޔާނުގައި ބުންޏެވެ. އޭޑީކޭއިން ބުނި ގޮތުގައި އަގުތައް ބޮޑުކުރާނީ މަރުހަލާތަކަަކަށް ބަހާލައިގެންނެވެ. އެއީ އެހޮސްޕިޓަލުން ހިދުމަތް ހޯދާ ފަރާތްތަކަށް ވީހާވެސް ލުއިވާނެ ގޮތަކަށް އެކަން ކުރިއަށް ގެންދަން ކަމަށް ވެސް ބުންޏެވެ. އޭޑީކޭގެ އިއުލާނުގައިވާ ގޮތުން އެހޮސްޕިޓަލްގެ ހިދުމަތްތަކުގެ އަގަށް އަންނަ ބަދަލުތަކުގެ މައުލޫމާތު އެ ހޮސްޕިޓަލުގެ ކައުންޓަރުތަކުން ދޭނެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ