މާލެ: 31°C
އަޑިއަށްދިޔަ ދޯންޏެއްގައި ތިބި 3 މީހަކު ސަލާމަތްކޮށްފި

އަޑިއަށްދިޔަ ދޯންޏެއްގައި ތިބި 3 މީހަކު ސަލާމަތްކޮށްފި

January 28, 2024
3 ފަހަރު ބަލާފައި
އަޑިއަށްދިޔަ ދޯންޏެއްގައި ތިބި 3 މީހަކު ސަލާމަތްކޮށްފި
ދަތުރު ކުރަމުންދިޔަ ދޯންޏެއް އަޑިއަށް ދިޔުމުން ކަނޑުވި ތިން މީހަކު ސަލާމަތްކޮށްފިއެވެ. ފުލުހުން ބުނީ ރޭ 18:21 ހާއިރު އަރިއަތޮޅާއި 19 މޭލުން ތިން މީހުންނާއެކު ދަތުރުކުރަމުންދިޔަ ދޯންޏެއް އަޑިއަށް ގޮސް އޭގައި ތިބި ތިން މީހުން އެ ވަގުތު އެ ސަރައްދުން ދަތުރުކުރަމުންދިޔަ، ފިއުލް ސަޕްލައި މޯލްޑިވްސްގެ އުޅަނދަކަށް ނެގި ކަމަށެވެ. އަދި އެ މީހުން އެ ދޯންޏެއް ނެގުމަށްފަހު މާލޭ ގެނެސްފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި ދެ ބިދޭސީން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނީ މި ހާދިސާގައި ދޯނި އަޑިއަށް ގޮސްފައިވާއިރު، ތިން މީހުންގެ ހާލު ވެސް ރަނގަޅު ކަމަށެވެ. މި ދުވަސްވަރަކީ މޫސުން ގޯސްވެ ވައި ގަދަ ދުވަސްވަރަށް ވާތީ ދަތުރު ފެށުމުގެ ކުރިން މުސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ސާފު ކުރުމަށާއި ސަލާމަތީ ގޮތުން ހުންނަން ޖެހޭ ތަކެތި ހަމައަށް ހުރިކަން ޔަގީން ކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ