މާލެ: 31°C
ޝިޔާމު ވިދާޅުވީ އަދުރޭގެ ހިސާބު ދިމާވެއްޖެ ކަމަށް

ޝިޔާމު ވިދާޅުވީ އަދުރޭގެ ހިސާބު ދިމާވެއްޖެ ކަމަށް

April 22, 2024
3 ފަހަރު ބަލާފައި
ޝިޔާމު ވިދާޅުވީ އަދުރޭގެ ހިސާބު ދިމާވެއްޖެ ކަމަށް
އަދުރޭގެ ހިސާބު ބަރާބަރަށް ދިމާވާ ކަމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒަށް އޮތް ތާއީދު ފެނިގެން ގޮސްފި ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއަށް ލިބުނު ކާމީޔާބީ ފާހަގަކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝިޔާމް ވިދާޅުވީ، މަޖިލީހުގެ ނަތީޖާއިން ދައްކުވައިދިނީ ރައީސް ޑރ. މުޢިއްޒުގެ ވެރިކަމަށް ރައްޔިތުންގެ އޮތް ތާއީދާ އިތުބާރާ އުއްމީދު ދައްކުވައިދޭ އަލިގަދަ ހެއްކެއް ކަމަށެވެ. ޝިޔާމް ވަނީ އަބްދުއްރަހީމް މީގެ ކުރިން ވިދާޅުވެފައިވާ ވާހަކަފުޅެއް ހިއްސާކުރައްވާ ޝިޔާމް ވިދާޅުވީ، މަޖިލީސް އިންތިހާބުގައި ޕީއެންސީ/ޕީޕީއެމް އިން 70 އަށްވުރެ ގިނަ ގޮނޑި ނަގާނެ ކަމަށް ރައީސް ޑރ މުހައްމަދުގެ އިސް މުޝީރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި އަދަދު ދިމާވެފައިވާކަމަށާއި، މަޖިލީހުގެ ގޮނޑިތައް ކާމިޔާބު ކުރެއްވި ސަރުކާރުގެ ހުރިހާ ކެންޑިޑޭޓުންނަށާއި އެބޭފުޅުންގެ ޓީމްތަކަށް މަރުހަބާދަންނަވާ ކަމަށެވެ. " ހިސާބު ބަރާބަރަށް އެބަދިމާވޭ الحمد الله. 20ވަނަ ރައްޔިތުންގެމަޖިލީހުގެ ގޮނޑިތައް ކާމިޔާބު ކުރެއްވި ސަރުކާރުގެ ހުރިހާ ކެންޑިޑޭޓުންނަށާ އެބޭފުޅުންގެ ޓީމްތަކަށް މަރުހަބާ ދަންނަވަން. މީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރައްޔިތުންގެ އޮތް ތާއީދާ އިތުބާރާ އުއްމީދު ދައްކުވައިދޭ އަލިގަދަ ހެއްކެއް" ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް މިހެން ވިދާޅުވެފައިވާއިރު، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބު ވެރިކަން ކުރާ ޕީއެންސީން ވަނީ ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބުކޮށްފައެވެ. އެގޮތުން ސަރުކާރަށް 73 ގޮނޑި އަދި އެމްޑީޕީއަށް މިހާތަނަށް 12 ގޮނޑިއެެއް ވަނީ ކާމިޔާބު ކުރެވިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ