ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަކަށް ރާއްޖޭން ބޭރަށް ވަޑައިގަންނަވަން ސަރުކާރުން ދިން ހުއްދައިގެ މުއްދަތު އޮގަސްޓު 28 އާ ހަމައަށް އިތުރުކޮށްފިވާކަމަށް ކަރެކްޝަނަލް ސާވިސަސް އިން ބުނެފި އެވެ.
ކަރެކްޝަނުން ކުރި ޓްވީޓެއްގައި ބުނީ މުއްދަތު އިތުރުކޮށްދޭން އަދީބު އެދިފައިވާތީ، އޮގަސްޓު 28, 2023 އާ ހަމައަށް މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.
[embed]https://twitter.com/CorrectionsMv/status/1683714631947149312[/embed] ކަރެކްޝަނުން ބުނީ، އެގޮތަށް މުއްދަތު އިތުރުކުރީ އަދީބު ހުށަހަޅުއްވާފައިވާ މެޑިކަލް ޑޮކިއުމެންޓް ތަކަށް ރިއާޔަތް ކޮށްފައިކަަމަށެވެ. 2015 އިން ފެށިގެން ޖަލުގައި ހުންނެވިއިރު ސިއްހީ ބޮޑެތި މައްސަލަތަކެއް އަދީބަށް ވަނީ ކުރިމަތި ވެފައެވެ. އޭރުގެ ސަރުކާރުން އަދީބަށް ބޭނުންވި ބޭސްފަރުވާ ނުދެވުމުން، އޭރުގެ ހިއުމަން ރައިޓްސްއާ ބޭރުގެ ޖަމިއްޔާ ތަކުން ވަނީ، އަދީބަށް ސިއްހީ ފަރުވާ ދޭން ސަރުކާރަށް ގޮވާލާފަ ވެއެވެ. އަދީބު ވަނީ 2018 ވަނަ އަހަރުގެ ގެ ޑިސެމްބަރުމަހު އައިޖީއެމްއެޗްގައި ކިޑްނީގެ އޮޕަރޭޝަނެެއް ވެސް ކޮށްފައެވެ. އަދި ރާއްޖެއިން ފަރުވާ ނުކުރެވޭ ލޮލުގެ ބައްޔެއްކަމަށްވާ، ގުލޫކޯމާ ޖެހިފައިވާތީ، 2015 އިން ފެށިގެން އެބައްޔަށް ބޭރުން ފަރުވާ ކުރުމަށް ޑޮކްޓަރުން ލަފާދީފައިވާ ކަަމަށް އަދީބުގެ ގާތް ފަރާތަކުން މައުލޫމާތު ދީފައިވެއެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން 2020 ވަނަ އަހަރު އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ވަނީ 33 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. ނަަމަވެސް އެމަނިކުފާނުގެ ސިއްހީ ހާލަތު ހުރި ގޮތުން ހުކުމް ތަންފީޒު ކުރުން ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ.






