މާލެ: 31°C

އަދީބަށް ފަރުވާ ދެނީ ފުރާނައަށް ނުރައްކާ ބައްޔަކަށް: އެމްޓީޑީ

އަދީބަށް ފަރުވާ ދެނީ ފުރާނައަށް ނުރައްކާ ބައްޔަކަށް: އެމްޓީޑީ
July 6, 2023
2 ފަހަރު ބަލާފައި
އަދީބަށް ފަރުވާ ދެނީ ފުރާނައަށް ނުރައްކާ ބައްޔަކަށް: އެމްޓީޑީ
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް މިވަގުތު އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަނީ ފުރާނައަށް ނުރައްކާތެރި ބައްޔަކަށް ކަމަށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް ޕާޓީ (އެމްޓީޑީ) އިން ބުނެފިިއެވެ. އަދީބުގެ ހާލު ވަރަށް ސީރިއަސްވެ، އައިޖީީއެމްއެޗް އަށް ގެންދިޔައީ ރޭގެ ވަގުތެއްގައެވެ. ގެންދިޔައިރު ވެސް ހޭނެތިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި އޭނަގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް އެމްޑީޓީން ބުންޏެވެ. އެމްޓީޑީން ކުރި ޓްވީޓެއްގައި ބުނެފައިވާ ގޮތުން އެ ޕާޓީގެ ލީޑަރު އަދީބަށް ޖެހިފައި ވަނީ ނާރުގެ ނިޒާމަށް އަސަރުކުރާ ފުރާނައަށް ނުރައްކާތެރި ބައްޔެކެވެ. އަދި މި ބަލި ފެނުނު ކަމަށް ބެލެވެނީ 2015 އިން ފެށިގެން 2018 ގެ ނިޔަލަށް ތިން އަހަރު ދުވަހުގެ މުއްދަތަކަށް ޖަލުގައި ބަންދުކޮށްފައި ހުއްޓާ ކަމަށް އެ ޕާޓީން ބުނެފައިވެއެވެ. އަދި އެމަނިކުފާނު ޖަލުގައި ބަންދުކޮށްފައިވީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާ ހިލާފުވެވޭ ހާލަތެއްގައި ކަމަށްވެސް އެ ޕާޓީން ބުނެފައިވެއެވެ. އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމްގައި އަދީބުއަށް ފަރުވާދެމުން އަންނައިރު، އެ ޕާޓީން އަންނަނީ އެމަނިކުފާނުގެ ހާލުކޮޅު ވަރަށް ގާތުން މޮނިޓާ ކުރަމުންނެވެ. 2015 އިން ފެށިގެން ޖަލުގައި ހުންނެވިއިރު ސިއްހީ ބޮޑެތި މައްސަލަތަކެއް އަދީބަށް ވަނީ ކުރިމަތި ވެފައެވެ. އޭރުގެ ސަރުކާރުން އަދީބަށް ބޭނުންވި ބޭސްފަރުވާ ނުދެވުމުން، އޭރުގެ ހިއުމަން ރައިޓްސްއާ ބޭރުގެ ޖަމިއްޔާ ތަކުން ވަނީ، އަދީބަށް ސިއްހީ ފަރުވާ ދޭން ސަރުކާރަށް ގޮވާލާފަ ވެއެވެ. އެމަނިކުފާނު ވަނީ 2018 ވަނަ އަހަރުގެ ގެ ޑިސެމްބަރުމަހު އައިޖީއެމްއެޗްގައި ކިޑްނީގެ އޮޕަރޭޝަނެެއް ވެސް ކޮށްފައެވެ. އަދި ރާއްޖެއިން ފަރުވާ ނުކުރެވޭ ލޮލުގެ ބައްޔެއްކަމަށްވާ، ގުލޫކޯމާ ޖެހިފައިވާތީ، 2015 އިން ފެށިގެން އެބައްޔަށް ބޭރުން ފަރުވާ ކުރުމަށް ޑޮކްޓަރުން ލަފާދީފައިވާ ކަަމަށް އަދީބުގެ ގާތް ފަރާތަކުން މައުލޫމާތު ދިނެވެ. އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން 2020 ވަނަ އަހަރު އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އެމަނިކުފާނުގެ މައްޗަށް ދައުލަތުން ކުރި ތިން ދައުވާއެއް ސާބިތުވުމުން ވަނީ 33 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. ނަަމަވެސް އެމަނިކުފާނުގެ ސިއްހީ ހާލަތު ހުރި ގޮތުން ހުކުމް ތަންފީޒު ކުރުން ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ