
އަދީބާއި ޒިޔަތު ކޯޓެއްގަައި އަނގަ ހުޅުވާލިއްޔާ ރައީސް ސޯލިހަށް ސަލާމަތެއް ނުވެވޭނެ: އުމަރު
އަދީބާއި ޒިޔަތު ކޯޓެއްގަައި އަނގަ ހުޅުވާލިއްޔާ ރައީސް ސޯލިހަށް ސަލާމަތެއް ނުވެވޭނެ: އުމަރު
ލިޔުން:
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުއާއި އަދި ކުރީގެ އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ޒިޔަތު، ކޯޓްއެއްގަ އަނގަ ހުޅުވާލައިފިއަޔާ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަށް ސަލާމަތެއް ނުވެވޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު، އަދި މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވަން ނިންމަވައިފައިވާ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިހެން ވިދާޅުވީ ޗެނަލް13ގައި ބޭއްވި ޕްރޮގްރާމެއްގައި އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގައި ރައީސް ސޯލިހުގެ އަތެއްވެސް ވާނެކަމަށް މިސާލު ޖައްސަވައި އުމަރު ވިދާޅުވީ، ކުރީގެ ރައްޔިތުންގެ މަޖިލީހަކީ ކުކުޅު ކޮއްޓެއްގޮތަށް ސިފަ ކޮށްފިނަމަ ހުރިހާ ކުކުޅެއްގެ ތުނބުގައި ވެސް ގުއި އުނގުޅޭނެ ކަމަށާއި އެހެން ކަމުން ރައީސް ސޯލިހުގެ ތުނބުގައި އެމްއެމްޕީއާރްސީގެ ގުއި ނުއުނގުޅި ނުހުންނާނެ ކަމަށެވެ.
" އަލީ ވަހީދުވެސް އެވާހަކަ ދެއްކެވި. މަހުލޫފް ވިދާޅުވީ ތިމަންނަ ބުނާ އެއްޗަކުން ހުރިހާ އެންމެން އޮރިޔާން ވާނޭ، އެއީ ތެދެއް އިނގޭތޯ އެވިދާޅުވަނީ އެވާހަކަ، އެހެންމަ އިބްރާހީމް މުހައްމަދު ސޯލިހުއަކީ ވެސް މިދިޔަ ރައްޔިތުންގެ މަޖިލީހުގައި އުޅުއްވި ބޭފުޅެއްވީމާ މި ތުނބުގައި ގުއި ނުއުނގުޅިއެއް ނުދާނެ އަޅުގަނޑު މެންނަށް ވަރަށް ސާފު އެކަން އެހެންމަ އަދީބުއާއި ޒިޔަތު އާއި ކޯޓްއެއްގަ ހަގީގީ ވާހަކަ ދައްކަން އެދެބޭފުޅުން ތެދުވެ އަނގަ ހުޅުވާލައިފިއްޔާ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އަކަށް ސަލާމަތް ވެގެން ނުއެއް ދެވޭނެ އެއްގޮތަކަށްވެސް" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ، މިހާރު ހިނގަމުން ދަނީ އެމްއެމްޕީއާރްސީގެ މައްސަލަ ތަހުގީގުކޮށް އޭގެ ފުނަށް ފީނައި އޭގެ ފައިސާ ހޯދުމުގެ މައްސަކަތް ނޫން ކަމަށާއި އެއީ އެކަމުން ބޯދަމައި ގަންނަން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ.
އުމަރު ވަނީ ކުރީގައި ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެމްބަރުންނަށް އުޅުއްވި ތިން ބޭފުޅަކު ފިޔަވައި އެ ޕާޓީގެ ހުރިހާ މެންބަރުން ވެސް އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރައްވާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
