މާލެ: 31°C

އަދީބާއި އެސްއޯއެފްގެ ވެރިންނާއެކު ދައުލަތުން ހެދި އެއްބަސްވުން ބާތިލްކޮށްފި

January 19, 2025
360 ފަހަރު ބަލާފައި
އަދީބާއި އެސްއޯއެފްގެ ވެރިންނާއެކު ދައުލަތުން ހެދި އެއްބަސްވުން ބާތިލްކޮށްފި
އެމްއެމްޕީސާރުސީ ބޮޑު ހިޔާނާތުގެ ތަހުގީގަށް ދައުލަތަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެސްއޯއެފްގެ 3 ވެރިއަކާ އެކު ދައުލަތުން ހެދި އެއްބަސްވުން ނިމުމަކަށް ގެނެސްފި އެވެ.

ޖިނާއީ މައްސަލަތަކުގައި ދައުލަތް ތަމްސީލްކުރާ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އިން މި އެއްބަސްވުންތައް އެކުލަވާލި މީހުންނަކީ:

  1. ހ. ސާމަރާ، އަހުމަދު އަދީބު އަބްދުލްގަފޫރު
  2. މ. ލޭންޑް އޮފް ގާޑެން، އަހުމަދު އިޝްފާހު އަލީ
  3. މ. ސެސްނާ، މުހައްމަދު އައްލާމް ލަތީފް
  4. ގ. އޮއިވާލި، މުހައްމަދު ހުސައިން

ޕީޖީ އޮފީހުން ބުނީ އެ އެއްބަސްވުންތައް ނިމުމަކަށް ގެނައީ، އެ 4 މީހުންގެ ފަރާތުން ވެސް ތަހުގީގަށާއި، ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށް އެކަށީގެންވާ އެއްބާރުލުން ލިބެމުން ނުދާ ކަމަށް ތަހުގީގީ އިދާރާތުން މައުލޫމާތު ދީފައި ވާތީ ކަމަށެވެ.

އެ އެއްބަސްވުންތައް ނިމުމަކަށް ގެނައުމާއެކު، މި މީހުންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ ތަހުގީގު ކުރިއަށް ގެންގޮސް، ވީ އެންމެ އަވަހަކަށް ފޮނުވަން ދިވެހި ފުލުހުންގެ ހިދުމަތަށާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނަށް (އޭސީސީ)ގައި ޕީޖީ އޮފީހުން ދަންނަވާފައިވާ ކަމަށް ވެސް ބުންޏެވެ.

އަދީބާއި އެސްއޯއެފްގެ ވެރިން ވެސް ތިބީ ރާއްޖޭން ބޭރުގަ އެވެ.

އަދީބު ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ. ބޭސްފަރުވާއަށް އޭނާ ވަޑައިގަތީ، ތަންފީޒުކުރައްވަމުން ގެންދެވި ޖަލު ހުކުމް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ލުއިކޮށްދެއްވައި އޭނާ މިނިވަން ކުރުމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ