މާލެ: 31°C
އަދަބިއްޔާތަށް ގިނަ ހިދުމަތްތަކެއް ކުރެއްވި އާމިނަތު އައްބާސް އަވަހާރަވެއްޖެ

އަދަބިއްޔާތަށް ގިނަ ހިދުމަތްތަކެއް ކުރެއްވި އާމިނަތު އައްބާސް އަވަހާރަވެއްޖެ

July 12, 2023
2 ފަހަރު ބަލާފައި
އަދަބިއްޔާތަށް ގިނަ ހިދުމަތްތަކެއް ކުރެއްވި އާމިނަތު އައްބާސް އަވަހާރަވެއްޖެ
ދިވެހި އަދަބިއްޔާތަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ އާމިނަތު އައްބާސް އަވަހާރަވެއްޖެއެވެ. އޭނާ އަވަހާރަވި އިރު އުމުރުފުޅަކީ 69 އަހަރުފުޅެވެ. ކެންސަރު ބަލީގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަނިކޮށް އެކަމަނާ އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އެކަމަނާ ވަނީ ޅެން ހެއްދެވުމުގެ އިތުރަށް ޅެންވެރިކަން ދަސްކޮށްދެއްވުމަށް ވެސް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ. އަދި ޅެން ހެދުމުގެ ބައެއް މުބާރާތްތަކުގައި ފެންވަރު ބަލައި އިންސާފުކޮށްދެއްވައިފައި ވެސް ވެއެވެ. ދިވެހި އަދަބިއްޔާތަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވުމުގެ އިތުރުން އެކަމަނާ ވަނީ ބައެއް ފޮތްތަކެއްވެސް ލިޔުއްވާފައެވެ. އެގޮތުން ކުޑަކުދީންގެ ޅެންފޮތް، ޔޫސުފް މުހައްމަދުފުޅުގެ ޅެންތައް، ބަރާބަރު ބާރަ 1، ނޭވަޔަށް އުނދަގޫކުރުމުގެ ބައްޔަށް ލުއިކަމެއްފަދަ ފޮތްތައް އެކަމަނާ ވަނީ ލިޔުއްވާފައެވެ. އޭގެ އިތުރުން ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުން ހިންގި ޅެންވެރިކަމުގެ ހުނަރުވެރިކަން ދަސްކޮށްދޭ ކޯސްތަކާއި ދިވެހި ނާދީއާއި ދިވެހިނާދީގެ އަތޮޅުގޮފިތަކާ ގުޅިގެން އަތޮޅުތަކުގަޔާއި މާލޭގައި ޅެންވެރިކަމުގެ ހުނަރުވެރިކަން ދަސްކޮށްދޭ ކޯސްތަކުގައި އެކަމަނާ ވަނީ މައުލޫމާތު ދެއްވާފައެވެ. އާމިނަތު އައްބާސްއަށް ލިބިވަޑައިގެންނެވި ކާމިޔާބީތަކުގެ ތެރޭގައި ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރްކަޒުން ނުވަވަނަ ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ކުޑަކުދިންގެ ޅެންފޮތް އެކުލަވައިލުމުގެ މުބާރާތުން އެއް ވަނަ އަދި އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހުން 1996 ވަނަ އަހަރު ބޭއްވި ދީނީ ޅެންހެދުމުގެ މުބާރާތުން އެއްވަނަ ހިމެނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ