މާލެ: 31°C

ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް

February 20, 2023
2 ފަހަރު ބަލާފައި
ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް
ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް
ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވައިފިއެވެ، މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބައްދަލުވުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމާ ގުޅޭގޮތުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީފުޅާ ގުޅިގެން ބާއްވާ ކުއްލި ބައްދަލުވުމެކެވެ. ނަމަވެސް މި ބައްދަލުވުމުގައި އެއްވެސް ނިންމުމެއް ނިންމިކަން އަދި ސާފެއް ނުވެއެވެ. https://twitter.com/AdhaalathOffice/status/1627713875855675392 އަދާލަތު ޕާޓީއަކީ މިހާރުވެސް ސަރުކާރުގެ ކޯލިޝަން ޕާޓްނަރެވެ. އެޕާޓީގެ ރައީސް ހޯމް މިނިސްޓަރު އިމްރާމް ގެންދަވަނީ ރައީސް ސޯލިހުގެ ދިފާއުގައި ވާހަކަ ދައްކަވަމުންނެވެ. މިގޮތުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށްވެސް ރައީސް ސޯލިހަށް ތައުރީފްކޮށް އިމްރާން ޓްވީޓްތައް ކުރެއްވިއެވެ. ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބާމެދު އެޕާޓީން އަދި ގޮތެއް ނުނިންމައެވެ.

ކޯލިޝަނާއެކު ރިޔާސީ އިންތިހާބަށް ނިކުތުމަށް އެދި ރައީސް ސޯލިހު ސޮއި ކުރައްވައި ސިޓީފުޅު ފޮނުއްވީ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓަށެވެ.

ސިޓީފުޅުގައި ރައީސް ސޯލިހު ވިދާޅުވެފައި ވަނީ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ފަރާތުން ވޭތުވެދިޔަ ހަތަރު އަހަރު ތެރޭގައި ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބިފައިވާ ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވެސް އެ ޕާޓީތަކާއެކު އިންތިހާބަށް ނިކުންނަވަން އެމަނިކުފާނު ބޭނުންފުޅުވާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ