
އަދާލަތާއި އެމްޑީއޭއިން ރައީސް ސޯލިހަށް ތާއީދުކުރަން ނިންމައިފި
އަދާލަތާއި އެމްޑީއޭއިން ރައީސް ސޯލިހަށް ތާއީދުކުރަން ނިންމައިފި
ލިޔުން:
އަންނަ ސެޕްޓެމްބަރު މަހުގައި އޮންނަ ރިޔާސީ އިންތިހާބުގައި ވެރިކަން ކުރާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ތާއިދު ކުރެއްވުމަށް އަދާލަތު ޕާޓީންނާއި އެމްޑީއޭއިން ނިންމައިފިއެވެ.
އަދާލަތު ޕާޓީން އެމްޑީޕީއާއެކު 2023 އަށް ނުކުތުމަށް ކޯލިޝަން ހެދުމަށް އެއްބަސްވީ އެ ޕާޓީގެ މަޝްވަރާ މަޖިލީހުން މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވި 42 މެމްބަރުންގެ ތެރެއިން 38 މެމްބަރުންގެ ވޯޓާ އެކު އެވެ. މި ނިންމުމާ ދެކޮޅަށް އެ މަޖިލީހުގެ އެއްވެސް މެމްބަރަކު ވޯޓު ދީފައިނުވެ އެވެ.
ރައީސް ސޯލިހަށް ތާއީދުކޮށް އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ނިންމުމަށްފަހު އަދާލަތުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޕާޓީން އެމްޑީިއާއެކު ކޯލިޝަން ހަދަން ނިންމީ ވޭތުވެ ދިޔަ ތަނުގައި ތަފާތު އެކި ސިޔާސީ ޕާޓީތަކާއެކު ކުރެވިފައިވާ ތަޖުރިބާ އާއި އެކި ސަރުކާރުތަކުގައި ސިޔާސަތުތައް ތަންފީޒުކުރަން އެ ޕާޓީއަށް ލިބުނު ފުރުސަތުތަކަށާއި، ދިވެހިރާއްޖޭގެ ސިޔާސީ މާހައުލު މިވަގުތު އޮތް ގޮތަށް ރިއާޔަތް ކުރުމަށް ފަހު ކަމަށެވެ.
"މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ގައުމާއި ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު އޮތް ގޮތަކީ ވެސް އަދި އެ މަސްލަޙަތު ހިމާޔަތްކުރުމަށްޓަކައި އެންމެ ފަހިކޮށް އަދާލަތު ޕާޓީ އަށް މަސައްކަތްކުރެވެން އޮތީވެސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު، ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުހައްމަދު ސޯލިހު އިންތިހާބު ކޮށްގެން ކަމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހަށް ފެންނާތީ" އެ ގަރާރުގައި ބުނެފައިވެ އެވެ.
މީގެއިރުތުން މީދޫ ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މުހައްމަދު އިސްކޮށް ހުންނަވާ އެމްޑީއޭއިންވެސް ވަނީ ރައީސް ސޯލިހަށް ތާއީދުކޮށް އެމްޑީޕީއާއެކު ކޯލިޝަން ހަދަން ނިންމާފައެވެ. މީގެކުރިން ރިޔާސީ އިންތިހާބުގައި ވާދަކުރަން އިއުލާންކޮށްފައިވާ އަހުމަދު ޝިޔާމް މިހާރު ނިންމަވާފައިވަނީ މިފަހަރުގެ އިންތިހާބުގައި ވާދަނުކޮށް ރައީސް ސޯލިހަށް ތާއީދުކޮށް އެމްޑީޕީއާއެކު ކޯލިޝަން ހަދަން ކަމަށް އިތުބާރުހުރި މަސްދަރަކުން ވަނީ ޔަޤީންވެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
