މާލެ: 31°C
އައްޑޫސިޓީ ހިތަދޫގައި ތަރައްގީކުރާ އިސްލާމީ މަރުކަޒުގެ އަމަލީ މަސައްކަތް ނައިބު  ރައީސް ފަށްޓަވައިދެއްވައިފި

އައްޑޫސިޓީ ހިތަދޫގައި ތަރައްގީކުރާ އިސްލާމީ މަރުކަޒުގެ އަމަލީ މަސައްކަތް ނައިބު ރައީސް ފަށްޓަވައިދެއްވައިފި

July 26, 2023
2 ފަހަރު ބަލާފައި
އައްޑޫސިޓީ ހިތަދޫގައި ތަރައްގީކުރާ އިސްލާމީ މަރުކަޒުގެ އަމަލީ މަސައްކަތް ނައިބު ރައީސް ފަށްޓަވައިދެއްވައިފި
އައްޑޫ ސިޓީ ހިތަދޫގައި ތަރައްގީކުރާ އިސްލާމީ މަރުކަޒުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ފަށްޓަވައިދެއްވައިފިއެވެ. އައްޑޫސިޓީގެ ހިތަދޫގައި މިއަދު މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ދެއްކެވި ވާހަކަފުޅުގައި ދީނީ ކަންކަމަށް ހާއްސަކޮށް ޒުވާނުންގެ މެދުގައި ދީނަށް ލޯބި ޖެއްސުމަށް މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަން ފާހަގަކުރެއްވިއެވެ. ހަމައެހެންމެ ގުރުއާން މުބާރާތްތަކާއި އިހްޔާ ފޯރަމްތަކާއި ދީނީ ނަސޭހަތްތަކާއި އިމާމުން ތަމްރީނު ކުރުމާއި އަދި ހާއްސަކޮށް އަތޮޅުތަކަށް އިސްކަންދީގެން ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމުތައް މީގެ ކުރިން ނުހިންގޭ މިންވަރަށް މިދިޔަ އަހަރުތަކުގައި ކުރިޔަށް ގެންގޮސްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހިތަދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ފެޑޯ ޕްރައިވެޓް ލިމިޓެޑާއެވެ. މި އިސްލާމީ މަރުކަޒުގައި 1500 މީހުންގެ ޖާގައިގެ ނަމާދުކުރާނެ ތަނަކާ 450 މީހުންގެ ޖާގައިގެ މަލްޓިޕާޕަސް ހޯލަކާއި، 4 ކްލާސްރޫމާއި، ދެ ސެމިނަރ ރޫމާއި އިދާރީ އޮފީހާއި ލައިބްރަރީވެސް ހިމެނެއެވެ. ނައިބު ރައީސް އައްޑޫ ސިޓީއަށް ވަޑައިގެންނެވީ ދިވެހިރާއްޖޭގެ ފަހުރުވެރި މިނިވަންދުވަހުގެ މުނާސަބާ ފާހަގަކުރުމަށް އެ ސިޓީގައި ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ