މާލެ: 31°C

އައްޑޫ ކަރަންޓް މައްސަލާގައި މެމްބަރު ނާޒިލް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

March 10, 2025
160 ފަހަރު ބަލާފައި
އައްޑޫ ކަރަންޓް މައްސަލާގައި މެމްބަރު ނާޒިލް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި
އައްޑޫ ކަރަންޓް މައްސަލާގައި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.

އައްޑޫ ކަރަންޓް މައްސަލާގައި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.

މެމްބަރު ނާޒިލް ހުށަހެޅި މައްސަލަ ބަލައިގަންނަން ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި އެ މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓް ދެއްވީ ރައްޔިތުންގެ މަޖިލީހުގެ 13 މެމްބަރުންނެވެ. އެ މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ 47 މެންބަރުން ވޯޓް ދެއްވާފައިވެއެވެ.

އެ މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވި މެމްބަރުންގެ ތެރޭގައި ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު، އަހުމަދު އަޒާން ހިމެނިވަޑައިގަންނަވަ އެވެ.

މެމްބަރު ނާޒިލް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައި ވަނީ އައްޑޫގެ ގުޅިފައިވާ އަވަށްތަކުން ކަރަންޓު ކެނޑެމުން ދިޔުމުގެ ސަބަބުން ރަައްޔިތުންގެ އަގުބޮޑު މުދަލަށް ގެއްލުންވަމުންދާ ކަމަށާއި މިކަމާ ހެދި ރައްޔިތުން ތިބީ ހާސްކަމާއި ދަތިކަމުގެ ތެރޭގައި ކަމަށެވެ.

އަދި އެ ކަންކަން އެހެން ހުއްޓައި އައްޑޫގެ ކަރަންޓު މައްސަލަ ހައްލު ކުރުމަށް ބޭނުންވާ ކެޕޭސިޓީއަ ށްވުރެ މާ ދަށް ކެޕޭސިޓީގެ ޖަނެރޭޓާރެއް ގެންގޮސްގެން، އެ މައްސަލަ ހައްލު ކުރަން އުޅޭ ކަމަށް ދައްކައި އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކޮށް ދެއްވާނެ ކަމަށް އެންވަރަމެންޓް މިނިސްޓަރު، ތޯރިގު އިބްރާހިމް ވިދާޅުވި ތާރީހު ފަހަނައަޅައި ދިޔައިރު ވެސް އެއްވެސް ވަރަކަށް ކަރަންޓުގެ މައްސަލަ ހައްލުވެފައި ނުވާ ކަމަށް ބުނެފައިވެ އެވެ.

މީގެ ކުރިން ވެސް އައްޑޫގެ ކަރަންޓް މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިޅީހަށް ހުށަހަޅާފައިވާ ކުއްލި މައްސަލަ ވަނީ ބަލައިގަތުމަށް ނުފެންނަ ކަމަށް ނިންމާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ