މާލެ: 31°C
ކުރިން ސަރުކާރަށް ދިން ގޮނޑިއެއް އިދިކޮޅު އެމްޑީޕީއަށް ދިނުމުން ޕީއެންސީގެ ކެމްޕެއިން މެނޭޖަރު ވިދާޅުވީ ސަރުކާރުގެ މަސައްކަތް ރައްޔިތުން ބަލައިގަންނަކަން ހާމަވެއްޖެ ކަމަށް!

ކުރިން ސަރުކާރަށް ދިން ގޮނޑިއެއް އިދިކޮޅު އެމްޑީޕީއަށް ދިނުމުން ޕީއެންސީގެ ކެމްޕެއިން މެނޭޖަރު ވިދާޅުވީ ސަރުކާރުގެ މަސައްކަތް ރައްޔިތުން ބަލައިގަންނަކަން ހާމަވެއްޖެ ކަމަށް!

7 ޖޫން 2026
256 ފަހަރު ބަލާފައި
ޕީއެންސީއަށް ގޮނޑި ދިނުމަށްފަހު އިދިކޮޅު އެމްޑީޕީއަށް ގޮނޑި ދިނުމުން ޕީއެންސީގެ ކެމްޕެއިން މެނޭޖަރު ވިދާޅުވީ ސަރުކާރުގެ މަސައްކަތް ރައްޔިތުން ބަލައިގަންނަކަން ހާމަވެއްޖެ ކަމަށް!

2024 ވަނަ އަހަރު ބޭއްވިު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހިތަދޫ އުތުރުދާއިރާގެ ގޮނޑި ޕީއެންސީއަށް ދިނުމަށްފަހު އޭގެ 2 އަހަރު ފަހުން އިދިކޮޅު އެމްޑީޕީއަށް އެ ގޮނޑި ދިނުމުން ޕީއެންސީގެ ކެމްޕެއިން މެނޭޖަރު ވިދާޅުވީ ސަރުކާރުގެ މަސައްކަތް އައްޑޫ ރައްޔިތުން ބަލައިގަންނަކަން ހާމަވެއްޖެ ކަމަށެވެ.

އިއްޔެ ބޭއްވި އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރީ ވެރިކަންކުރާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީއެވެ.

އެ ދާއިރާގެ އިންތިހާބު ބާއްވަން ޖެހުނީ 2024 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި ސިނާން (ސިނާ) ގެ ސާބިތު ދަރަންޏެއްގެ މައްސަލާގައި މި އަހަރުގެ އޭޕްރީލް މަހު އޭނާގެ ގޮނޑި ގެއްލިއްޖެ ކަމަށް ސްޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.

އައްޑޫގެ ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން ހޮވިފައިވަނީ، އެމްޑީޕީގެ ކެންޑިޑޭޓް ޢަބްދުﷲ ޞާދިޤުއެވެ. މި އިންތިޚާބުގައި އޭނައާ ވާދަކޮށްފައިވަނީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ކެންޑިޑޭޓް އަޙްމަދު ސަޢީދުއެވެ. ޢަބްދުﷲ ޞާދިޤަށް 1375 ވޯޓު ލިބިފައިވާއިރު އަޙްމަދު ސަޢީދަށް ލިބިފައިވަނީ 1313 ވޯޓެވެ. އެގޮތުން ޕީއެންސީއަށް ލިބިފައިވަނީ ވޯޓްލީ މީޙުންގެ 49 އިންސައްތަ އެވެ. އިދިކޮޅު އެމްޑީޕީ އެ އިންތިހާބު ކާމިޔާބުކުރީ 51 އިންސައްތަ ވޯޓު ހޯދައިގެންނެވެ.

ބައި އިލެކްޝަންގައި ހިތަދޫގައި ބެހެއްޓި ފޮށިތަކުން މެޖޯރިޓީ ލިބިފައިވަނީ ޕީއެންސީއަށެވެ. އެގޮތުން ބައި-އިލެކްޝަންގައި ހިތަދޫގައި ބެހެއްޓި 4 ވޯޓު ފޮށިން 34 ވޯޓުން ކުރި ލިބިފައިވަނީ ޕީއެންސީއަށްކަން ފާހަގަކުރައްވައި ޕީއެންސީގެ ކެމްޕެއިން މެނޭޖަރު އަދި ސްޕޯޓްސް މިނިސްޓަރ ރާފިއު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރުދާއިރާގެ މަޖިލީސް ގޮނޑި ހުސްވުމާއި ގުޅިގެން ސަރުކާރުން ވަނީ އެދާއިރާއަށް އަލުން ކުރިމަތިލާ ވަރަށް މުހިއްމު މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް ވިދާޅުވި އެވެ.

އަދި މިނިސްޓަރ ޢަބްދުﷲ ރާފިޢު ވިދާޅުވީ، ސަރުކާރުން ކުރި މަސައްކަތް ހިތަދޫގެ ރައްޔިތުން ބަލައިގެންފައިވާކަން ފެނިގެންގޮސްފައިވާކަމަށެވެ. 

ޑައިމޯފިން ޓްރެފިކް ކުރި މީހަކު 25 އަހަރަށް ޖަލަށް ލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކުރަން ގައްދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފި
ހަބަރު

ޑައިމޯފިން ޓްރެފިކް ކުރި މީހަކު 25 އަހަރަށް ޖަލަށް ލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކުރަން ގައްދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފި

އުމުރަށް ޖަލަށްލާފައިހުރި އައްޑޫސިޓީގެ އެންމެ ބޮޑު ޑްރަގް ލޯޑް މިނިވަންކޮށްފި
ހަބަރު

އުމުރަށް ޖަލަށްލާފައިހުރި އައްޑޫސިޓީގެ އެންމެ ބޮޑު ޑްރަގް ލޯޑް މިނިވަންކޮށްފި

ވެރިމީހާއަކީ މާބޮޑު ވަލިއްޔުލްއަމްރެއްގެ ގޮތުގަ ދެކޭދެކުން، ދައުލަތާއި ރައްޔިތުންގެ ހާދިމެއްގެ ގޮތަށް ބަދަލުކުރަންޖެހޭ: ފައްޔާޒް
ހަބަރު

ވެރިމީހާއަކީ މާބޮޑު ވަލިއްޔުލްއަމްރެއްގެ ގޮތުގަ ދެކޭދެކުން، ދައުލަތާއި ރައްޔިތުންގެ ހާދިމެއްގެ ގޮތަށް ބަދަލުކުރަންޖެހޭ: ފައްޔާޒް

ރާއްޖޭގެ އިސްތިގުލާލު ގެއްލި މިނިވަންކަމަށް ބުރޫ އަރާނީ ވެރިކަމުގަ މިހާރު ތިބި ގަމާރުންނަށް ތަނެއްދޮރެއް ނޭނގޭތީ: ރައީސް ނަޝީދު
ހަބަރު

ރާއްޖޭގެ އިސްތިގުލާލު ގެއްލި މިނިވަންކަމަށް ބުރޫ އަރާނީ ވެރިކަމުގަ މިހާރު ތިބި ގަމާރުންނަށް ތަނެއްދޮރެއް ނޭނގޭތީ: ރައީސް ނަޝީދު

އެމްޑީޕީ ކޮންގްރެސްގެ ބައިވެރިންނާ ބައްދަލުކޮށް، އެޕާޓީގެ އަސާސީ ޤަވާއިދަށް ފައްޔާޒް ހުށަހަޅާ އިސްލާހުތަކާ ގުޅޭ މައުލޫމާތު ދެއްވައިފި
ހަބަރު

އެމްޑީޕީ ކޮންގްރެސްގެ ބައިވެރިންނާ ބައްދަލުކޮށް، އެޕާޓީގެ އަސާސީ ޤަވާއިދަށް ފައްޔާޒް ހުށަހަޅާ އިސްލާހުތަކާ ގުޅޭ މައުލޫމާތު ދެއްވައިފި

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ހާމަކުރެއްވި ބޭފުުޅުންގެ ތެރެއިން ރަސްމާލެ ވިއްކާލުމާ ފާޅުގަ ދެކޮޅު ހަދަން ކެރިވަޑައިގަތީ ފައްޔާޒަށް އެކަނި: އަކްރަމް
ހަބަރު

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ހާމަކުރެއްވި ބޭފުުޅުންގެ ތެރެއިން ރަސްމާލެ ވިއްކާލުމާ ފާޅުގަ ދެކޮޅު ހަދަން ކެރިވަޑައިގަތީ ފައްޔާޒަށް އެކަނި: އަކްރަމް

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ