މާލެ: 31°C

އައްޑޫން ގޯތި ދޫކުރަނީ، ކޮންމެ ރަށެއްގެ މީހަކަށް ވެސް ކުރިމަތިލެވޭނެ

January 24, 2023
2 ފަހަރު ބަލާފައި
އައްޑޫން ގޯތި ދޫކުރަނީ، ކޮންމެ ރަށެއްގެ މީހަކަށް ވެސް ކުރިމަތިލެވޭނެ
އައްޑޫން ގޯތި ދޫކުރަނީ، ކޮންމެ ރަށެއްގެ މީހަކަށް ވެސް ކުރިމަތިލެވޭނެ
އައްޑޫގެ ތިން ރަށަކުން ޖުމްލަ 500 ގޯތި ދޫކުރާނެ ކަން އައްޑޫ ސިޓީކައުންސިލުން އިއުލާނުކޮށްފި އެވެ އައްޑޫ ސިޓީކައުންސިލުން މިއަދު ވަކިވަކިން ކުރި ތިން އިއުލާނެއްގައިވާ ގޮތުން ބަންޑާރަ ގޯތީގެ ގޮތުގައި ގޯތި ދޫކުރާނީ މީދޫ، ހުޅުދޫ އަދި ފޭދޫންނެވެ. އެ އިއުލާނުގައިވާ ގޮތުން، އައްޑޫން ދޫކުރާ ގޯތިތަކުގެ 10 ޕަސެންޓް ހާއްސަކުރާނީ ރާއްޖޭގެ އެހެން ސިޓީތަކާއި ރަށްތަކުގެ މީހުންނަށެވެ. އެ އިއުލާނުގައިވާ ގޮތުން އައްޑޫ ފޭދޫން މިފަހަރު ދޫކުރާނީ 1،500 އަކަފޫޓުގެ 300 ގޯއްޗެވެ. ހުޅުދުއާއި މީދޫން ދޫކުރާނީ ކޮންމެ ރަށަކުން 100 ގޯއްޗެވެ. އެއީ  2،000 އަކަފޫޓުގެ ގޯތިތަކެކެވެ. އައްޑޫން ގޯތިތައް ދޫކުރާކަން މިއަދު އިއުލާނުކުރިޔަސް، ގޯއްޗަށް އެދޭ ފޯމު ބަލައިގަންނަން ފަށާނީ އަންނަ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހުން ފެށިގެންނެވެ. ފޯމު ބަލައިގަތުމުގެ ފަހު ތާރީހަކީ ފެބްރުއަރީ 16 އެވެ. އައްޑޫން ގޯއްޗަށް އެދޭ ފޯމު ބަލައިގަންނާނީ ގޯއްޗަށް އެދޭ ރަށެއްގެ އަވަށު އޮފީހުންނެވެ. ރާއްޖޭގައި މާލެ ފިޔަފައި އެންމެ ބޮޑު އާބާދީއެއް އޮންނަނީ އަައްޑޫގަ އެވެ. ގޯތި ދޫކުރާނެ ޖާގަ އައްޑޫގެ ގިނަ ރަށްތަކުގައި އަދިވެސް އެބަ އޮތެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ