މާލެ: 31°C

އައްޑޫން ގޯތި ދޫކުރަން އިއުލާނުކުރުމުން ނަޝީދު އެކަމަަށް ހަޖޫޖައްސަވައިފި

January 24, 2023
2 ފަހަރު ބަލާފައި
އައްޑޫން ގޯތި ދޫކުރަން އިއުލާނުކުރުމުން ނަޝީދު އެކަމަަށް ހަޖޫޖައްސަވައިފި
އައްޑޫން ގޯތި ދޫކުރަން އިއުލާނުކުރުމުން ނަޝީދު އެކަމަަށް ހަޖޫޖައްސަވައިފި
އައްޑޫން 500 ގޯތި ދޫކުރަން މިއަދު އިއުލާނުކުރުން އެއީ ރޭގަނޑު ދަންވަރު ކުއްލިއަކަށް ކުރި ކަމެއް ކަމަށް ސިފަކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދު މިއަދު އެކަމަށް ހަޖޫ ޖަައްސަވައިފި އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރައްވާ ކެޕްމޭނުގައި އައްޑޫ ފޭދޫގައި މިއަދު ބޭއްވެވި ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ ގޯތި ދޫކުރުމަކީ ރޭގަނޑު ދަންވަރު 12 ޖަހާ އިރު ކުރާ ކަމެއް ނޫން ކަމަށެވެ. ގޯތިދޭން އެގޮތަށް އިއުލާނުކުރުމަކީ "ކަޑަޖެހުމުގެ" އިތުރު މަރުހަލާއަކަށް ދިއުން ކަމަށް ވެސް އެމަނިކުފާނު ސިފަކުރެއްވި އެވެ. ގޯތި ދޭނެ ކަމަށް ކޮންމެ އިންތިހާބެއްގައި ސަރުކާރުން ބުނާ ކަމަށާއި އެކަމަކު ގޯތިތައް ހުރީ ކަނޑު އަޑީގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. "މިތަނުގައި ނެތް ލިޔަން ކިޔަން ނޭނގޭ މީހެއް. އަދި ގްރޭޑް ދިހަޔަކާ ހަމައަށް ނުކިޔާ ހުރުން އެއީ ގާނޫނީ ގޮތުން މަނާކެމެއް. މިހެން އޮތް ރައްޔިތެއްގެ ކުރިމަތީގައި ރޭގަނޑު ދަންވަރު ބާރަ ޖަހާއިރުގައި، އެމީހުން ބާރައިގެ ފަހުން ކުރަން ދަންނަނީ އެންމެ ކަމެއް. ގޯތި ދޫކުރުން އެއީ އޭގެ ތެރޭގައި ހިމެނޭކަމެއްނޫން،" ނަޝީދު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ އައްޑޫ ފޭދުއަށް އެމަނިކުފާނު މިއަދު ވަޑައިގެންނެވި ހިސާބުން ފެށިގެން އެރަށު މީހުން އެކަމަށް ފާޑުކިޔަމުން ގެންދާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ގޯތި ދިނުން ކަހަލަ ކަންތައްތައް ރޭނގަނޑު ދަންވަރު 12 ޖަހާއިރު ނުކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިތުރުން ރާއްޖޭގެ އެހެން ސިޔާސީ ލީޑަރުންނަށް ވެސް ގޮވައިލައްވާ ކަމަށެވެ. "އަޅުގަނޑު ހަމަ އެކަނި އިއްތިހާދު ސަރުކާރުގެ ލީޑަރުންނަކަށް ނޫން، ރައީސް ސޯލިހަށް އެކަންޏެއް ނޫން، އަދި އެހެން ޕާޓީތަކުގެ ލީޑަރުންނަށް ވެސް ދަންވަނަން، ރޭގަނޑު ދަންވަރު މިބާވަތުގެ ކަންކަން ކުރައްވަން ނޫޅުއްވާށޭ. އަދި ކޯޓުހުޅުއްވަން ވެސް އުޅުއްވައިގެން ނުވާނެ،" ނަޝީދު ވިދާޅުވި އެވެ. [embed]https://minivan.mv/78804/[/embed] އައްޑޫން ގޯތި ދޫކުރާ ކަމަށާއި ގޯއްޗަށް އެދޭ ފޯމު އަންނަ ފެބްރުއަރީ މަހު ބަލައިގަންނާނެކަން އިއުލާނުކުރީ އައްޑޫ ސިޓީ ކައުންސިލުންނެވެ. އައްޑޫ ސިޓީކައުންސިލުން މިއަދު ވަކިވަކިން ކުރި ތިން އިއުލާނެއްގައިވާ ގޮތުން ބަންޑާރަ ގޯތީގެ ގޮތުގައި ގޯތި ދޫކުރާނީ މީދޫ، ހުޅުދޫ އަދި ފޭދޫންނެވެ. އެ އިއުލާނުގައިވާ ގޮތުން، އައްޑޫން ދޫކުރާ ގޯތިތަކުގެ 10 ޕަސެންޓް ހާއްސަކުރާނީ ރާއްޖޭގެ އެހެން ސިޓީތަކާއި ރަށްތަކުގެ މީހުންނަށެވެ. އެ އިއުލާނުގައިވާ ގޮތުން އައްޑޫ ފޭދޫން މިފަހަރު ދޫކުރާނީ 1،500 އަކަފޫޓުގެ 300 ގޯއްޗެވެ. ހުޅުދުއާއި މީދޫން ދޫކުރާނީ ކޮންމެ ރަށަކުން 100 ގޯއްޗެވެ. އެއީ  2،000 އަކަފޫޓުގެ ގޯތިތަކެކެވެ. އައްޑޫން ގޯތިތައް ދޫކުރާކަން މިއަދު އިއުލާނުކުރިޔަސް، ގޯއްޗަށް އެދޭ ފޯމު ބަލައިގަންނަން ފަށާނީ އަންނަ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހުން ފެށިގެންނެވެ. ފޯމު ބަލައިގަތުމުގެ ފަހު ތާރީހަކީ ފެބްރުއަރީ 16 އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ