މާލެ: 31°C

އައްޑޫއިން 62 އަހަރުގެ މީހަކު މަސްތުވާތަކެއްޔާއެކު ހައްޔަރުކޮށްފި

January 28, 2025
245 ފަހަރު ބަލާފައި
އައްޑޫއިން 62 އަހަރުގެ މީހަކު މަސްތުވާތަކެއްޔާއެކު ހައްޔަރުކޮށްފި
އައްޑޫ ސިޓީ ހުޅުދޫއިން އުމުރުން ދުވަސްވީ މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި އެވެ.

އައްޑޫ ސިޓީ ހުޅުދޫ އިން އުމުރުން ދުވަސްވީ މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނެފައިވަނީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނާއި ޕޮލިސް އިންޓެލިޖެންސް ގުޅިގެން އިއްޔެ ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ހުޅުދޫގެ ގެއެއް ބަލާ ފާސްކޮށް، މަސްތުވާތަކެތި ގެންގުޅެ އޭގެ ވިޔަފާރި ކުރާކަމުގެ ތުހުމަތު ކުރެވިގެން އުމުރުން 62 އަހަރުގެ ދިވެއްސަކު ހައްޔަރުކޮށްފައިވާ ކަމަށާއި އަދި އެ މީހާގެ އަތުން މަސްތުވާތަކެތި އަޅާފައިހުރިކަމަށްބެލެވޭ ޕެކެޓްތަކެއް ފެނިފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ