އައްޑޫ ސިޓީ ހުޅުމީދޫ މަތިކިޅި އިކޯގާޑެންގައި އޮންނަ ޗަސްބިމުގައި އަލިފާން ރޯވެއްޖެ އެވެ.
އެމްއެންޑީއެފް އިން ބުނެފައިވަނީ އައްޑޫ ސިޓީ، ހުޅުދޫ ޗަސްބިމުގައި އަލިފާން ރޯވެފައިވާ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު 17:30 ހާއިރު ކަމަށާއި، އެ ޗަސް ބިމުގައި ރޯވި އަލިފާން ނިއްވުމުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ހުޅުމީދޫ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.
އައްޑޫ ސިޓީ، ހުޅުދޫ ޗަސްބިމުގައި ރޯވެފައިވާ އަލިފާން ނިއްވުމުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ދަނީ ހަރަކާތްތެރިވަމުން. މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު 17:30 ހާއިރު. އެމްއެންޑީ އެފް ގެ އެކްސް އެކައުންޓުން ޕީސްޓްކޮށްފައިވެއެވެ.







