މާލެ: 31°C

އައްޑޫ ހިތަދޫން 500 ގޯތިދޫކުރަން މެންދަމާ ކައިރިކޮށް އިއުލާނުކޮށްފި

January 26, 2023
2 ފަހަރު ބަލާފައި
އައްޑޫ ހިތަދޫން 500 ގޯތިދޫކުރަން މެންދަމާ ކައިރިކޮށް އިއުލާނުކޮށްފި
އައްޑޫ ހިތަދޫން 500 ގޯތިދޫކުރަން މެންދަމާ ކައިރިކޮށް އިއުލާނުކޮށްފި
އައްޑޫ ހިތަދޫއިން 500 ގޯތި ދޫކުރާނެކަން އައްޑޫ ކައުންސިލުން ރޭ ވަަރަށް ދަންވިފަހުން އިއުލާނުކޮށްފި އެވެ. ރޭ 11:30 ގައި އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ވާގޮތުން ހިތަދޫން ދޫކުރާނީ 1،500 އަކަފޫޓުގެ 500 ގޯއްޗެވެ. އެގޯތިތަކަށް އެދޭ ފަރާތްތަކުގެ ފޯމު ބަލައިގަންނަން ފަށާނީ އެ އިއުލާނުގައިވާ ގޮތުން އަންނަ ފެބްރުއަރީމަހުގެ ފަސް ވަނަ ދުވަހު އެވެ. ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ ފެބްރުއަރީ 23 އެވެ. ހިތަދޫން ދޫކުރާ ގޯތީގެ 10 ޕަސެންޓަށް ހިތަދޫ ފިޔަވައި، އައްޑޫގެ ކޮންމެ ރަށެއްގެ މީހަކަށް ވެސް ކުރިމަތި ލެވޭނެ ކަމަށް އެ އިއުލާނުގައި ބުންޏެވެ. ހިތަދޫން ގޯއްޗަށް އެދޭ ފޯމު ބަލައިގަންނާނީ ހިތަދޫ އަވަށު އޮފީހުންނެވެ. އައްޑޫން ގޯތިދޫކުރަން މީގެ ކުރިން ކުރި އިއުލާނު ވެސް ރޭގަނޑުގެ ވަރަށް ދަން ގަޑިއެއްގައި ނެރުމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ހަޖޫ ޖެއްސެވި އެވެ. [embed]https://minivan.mv/78966/[/embed] ފާޑުކިއުންތަކަށް ރައްދު ދެއްވަމުން އައްޑޫގެ މޭޔަރު އަލީ ނިޒާރު ރޭ ވިދާޅުވީ އައްޑޫ ސިޓީގެ ރަށްތަކުން ގޯތި ދޫކުރުމުގެ މަސައްކަތަކީ އައްޑޫ ސިޓީ ކައުންސިލުން އެންމެ އިސްކަމެއްދީގެން ކުރިއަށް ގެންދާ މަސައްކަތް ކަމަށާއި އެގޮތުން ގޯތި ދޭކަން އިއުލާނުކުރަން އިދާރީގޮތުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނު ކަމަށެވެ. މޭޔަރުގެ ހައިސިއްޔަތުން އެ އިއުލާނުގައި އޭނާ ކުރައްވަން ޖެހިވަޑައިގަންނަވާ ސޮއި ކުރެއްވުނީ މެންދަމު 12 ޖެހި ފަހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "އެހެންވީމާ އަޅުގަނޑުމެން ބޭނުމެއް ނުވި އެ މަސައްކަތް އެވަރަށް ކޮށްފައި، ދަން ގަޑިއަކަސް، އިއުލާނު ނުކޮށް އެކަމާ ނުރުހޭ ބަޔަކު ރުއްސަން އަޅުގަނޑުމެން އެކަން ކުރާކަށް. [އަނެއް ދުވަހު ޝާއިރުކުރަން އެ އިއުލާނު ބާއްވާކަށް]،" ނިޒާރު ވިދާޅުވި އެވެ. އެއީ އައްޑޫ ރައްޔިތުންނަށް ޓަކައި ކައުންސިލުން ކުރި ވަރަށް މުހިއްމު މަސައްކަތެއް ކަމަށާއި އެހެންވީމާ އެކަން ލަސްކުރަން ބޭނުން ނުވީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އައްޑޫ ކައުންސިލުން އަންނަނީ 24 ގަޑި އިރު ވެސް ރައްޔިތުންނަށް ހިދުމަތް ކުރަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އައްޑޫގެ ތިން ރަށަކުން ޖުމްލަ 500 ގޯތި ދޫކުރާނެކަން ހާމަކުރަން ސިޓީކައުންސިލުން ކުރި އިއުލާނުގައިވާ ގޮތުން އެ ގޯތިތަކަށް އެދޭ ފަރާތްތަކުގެ ފޯމު ބަލައިގަންނަން ފަށާނީ އަންނަ ފެބްރުއަރީ މަހު އެވެ. ފާޑުކިއުން އަމާޒުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަަދު ނަޝީދު އައްޑުއަށް ވަޑައިގެންނެވި ވަގުތާ ދިމާކޮށް، ރޭގަނޑުގެ ވަރަށް ދަން ގަޑިއެއްގައި އެ އިއުލާނު ނެރުމުންނެވެ. އެހެން ނަމަވެސް މޭޔަރު ނިޒާރު ސިފަކުރެއްވި ގޮތުގައި އެކަމަށް ފާޑުކިޔާ ފަރާތްތަކުން ފާޑު އެކިޔަނީ ދައުލަތުގެ އިދާރާތަކުގެ މަސައްކަތްތައް ހިނގާ ގޮތް ނޭނގޭތީ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ