މާލެ: 31°C

އައްޑޫގެ ސިއްހީ ދާއިރާ ކުރިއަރާފައިވާތީ ކައުންސިލްގެ ޝުކުރު ރައީސަށް

އައްޑޫގެ ސިއްހީ ދާއިރާ ކުރިއަރާފައިވާތީ ކައުންސިލްގެ ޝުކުރު ރައީސަށް
June 4, 2023
2 ފަހަރު ބަލާފައި
އައްޑޫގެ ސިއްހީ ދާއިރާ ކުރިއަރާފައިވާތީ ކައުންސިލްގެ ޝުކުރު ރައީސަށް
އައްޑޫ ސިޓީގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް މި ސަރުކާރުން ކޮށްދެއްވި މަސައްކަތް ފާހަގަކުރައްވައި، އެ ސިޓީ ކައުންސިލުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޝުކުރު ދަންނަވައިފިއެވެ. އިއްޔެ އައްޑޫސިޓީއަށް ކުރެއްވި ރަސްމީދަތުރުފުޅުގައި ރައީސް ވަނީ ސިޓީ ކައުންސިލް މެންބަރުންނާއި ބައްދަލުކުރައްވައި ކުރިޔަށް އަންނަ ތަރައްގީއާ ގުޅޭ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ބޭއްވި ބައްދަލުވުމުގައި އެ ސިޓީގެ ހިދުމަތްތައް ތަރައްގީ ކުރުމަށް ކުރެވިފައިވާ މުހިންމު ގިނަ ކަންތައްތަކެއް ޝުކުރުވެރިކަމާ އެކު ފާހަގަ ކުރެއްވިއެވެ. އެގޮތުން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ގިނަ އައު ހިދުމަތްތަކެއް ތައާރަފްކުރެވި އަދި ކެތްލެބްގެ މަސައްކަތްވެސް ނިމުމަކާ ގާތްވެފައިވާކަމާއި، ހުޅުމީދޫގެ ސިއްހީ މަރުކަޒުގެ ހިދުމަތްތައް އިތުރަށް ފުޅާކުރެވި ރައްޔިތުންނަށް އޭގެ ލުއިފަސޭހަތައް ލިބެމުން އަންނަކަން ސިޓީ ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ތައުލީމީ ދާއިރާ އިން އައްޑޫ ސިޓީގެ ސްކޫލުތަކުގެ ޖާގައިގެ މައްސަލަ ހައްލުކޮށްދެއްވުމަށް ކޮށްފައިވާ މަސައްކަތްތަކާއި އަދި ތަޢުލީމީ ދާއިރާއިން ލިބެމުން އަންނަ ކުރިއެރުންތައް ވެސް ސިޓީ ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވިއެވެ. ކައުންސިލުން ފާހަގަ ކުރެއްވި އިތުރު ކަންކަމުގެ ތެރޭގައި މަސްވެރިންނަށް ކުރިމަތިވާ ދަތިތަކާއި، ކުނި މެނޭޖްކުރުމުގައި ކުރިމަތިވާ ދަތިތަކުގެ އިތުރުން ސިޓީ ކައުންސިލުގެ އިންސާނީ ވަސީލަތް އިތުރު ކުރުމަށް ބޭނުންވާ ކަން ފާހަގަ ކުރެއްވުން ހިމެނެއެވެ. މީގެ އިތުރުން އިގްތިސާދީ އިޖުތިމާއީ ދާއިރާއިން އައްޑޫ ސިޓީގެ ތަރައްގީ އަށް މުހިންމު އިތުރު ކަންކަމާއި އަދި ހައްލުހޯދުމަށް ބޭނުންވާ މުހިންމުކަންކަން ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި މަސްވެރިނަށް ލުއި ފަސޭހަ ހޯދައިދިނުމުގެ ގޮތުން މިހާރު ވެސް މަސައްކަތް ތަކެއް ކުރިޔަށްދާކަން ފާހަގަކުރެއްވިއެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވާނެކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ އިއްޔެ އައްޑޫސިޓީއަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގައި ވަނީ، އައްޑޫގައި ކުރިޔަށްދާ ބައެއް ބޯޑެތި މަޝްރޫއުތައް ފައްޓަވައިދެއްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ