
އައްޑޫގައި ކައްކާފައި ހުރި 15 ހަމުގެ ބަނގުރާ ފުލުހުން ހޯދައިފި
އައްޑޫގައި ކައްކާފައި ހުރި 15 ހަމުގެ ބަނގުރާ ފުލުހުން ހޯދައިފި
ލިޔުން:
އައްޑޫ ހިތަދޫގެ ފަޅު ގެއެއްގެ ތެރޭގައި ބަނގުރާކައްކަން ހަދާފައި ހުރި އައްޑާއެއް ހޯދައި، އެތަނުގައި ހުރި 15 ހަން ބަނގުރަލާއި ބަނގުރާ ކައްކަން ބޭނުންކުރާ ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ ބަނގުރާކަންކަން ބޭނުންކުރާ ތަކެއްޗާއި ބަނގުރާކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި 15 ހަން ހޯދީ މަސްތުވާތަކެއްޗާއި ބަނގުރަލާ ދެކޮޅަށް ކުރާ މަސައްކަތުގެ ތެރެއިން ކަމަށެވެ. އެތަކެތި ހޯދީ ހިތަދޫގެ ރަށުތެރެ ޕެޓްރޯލްކުރުމުގެ ތެރޭގައި ކަމަށް ވެސް ބުންޏެވެ.
"...އެ ތަކެތި ހޯދާފައިވަނީ ހިތަދޫގައި މަސައްކަތްކުރާ ފުލުހުން މިއަދު ރަށުތެރެ ޕެޓްރޯލުކުރަމުގެ ތެރޭގައި އެ ރަށު ފަޅުގެއެއްގެ ތެރެއިންނެވެ. އެގޮތުން، ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 15 ހަމާއި ބަނގުރާ ކެއްކުމަށް ބޭނުންކުރާކަމަށް ބެލެވޭ ތަކެތި ހޯދާފައިވެއެވެ،" ހިތަދޫން އަތުލައިގަތް ތަކެއްޗާ ބެހޭ ގޮތުން ފުލުހުންގެ ވެބްސައިޓްގައި އާއްމުކުރި މައުލޫމާތުގައި ބުންޏެވެ.
އެ މައުލޫމާތާ އެކު ފުލުހުން އާއްމުކުރި ފޮޓޯއިން ފެންނަ ގޮތުގައި ބަނގުރާަކަމަށް ބެލެވޭ އެއްޗިހި އަޅާފައި ހުރީ ރާއްޖެއަށް އާއްމުކޮށް ކާތެޔޮ އެތެރެކުރާ ވައްތަރުގެ ، 20 ލީޓަރުގެ 15 ހަމަށެވެ. އެހެންވީމާ އެއީ ޖުމްލަ 300 ލީޓަރު ކަމަށް ބެލެވެ އެވެ.
އެ މައްސަަލައިގެ ތުހުމަތަށް އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރު އެވެ. ފުލުހުން ބުނި ގޮތުގައި އެ މައްސަލައިގެ ތަހުގީގު އަންނަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
