މާލެ: 31°C

އައްޑޫގައި އިސްލާމީ މަރުކަޒެއް އަޅަން ބަޔަކާ ހަވާލުކޮށްފި

އައްޑޫގައި އިސްލާމީ މަރުކަޒެއް އަޅަން ބަޔަކާ ހަވާލުކޮށްފި
March 25, 2023
2 ފަހަރު ބަލާފައި
އައްޑޫގައި އިސްލާމީ މަރުކަޒެއް އަޅަން ބަޔަކާ ހަވާލުކޮށްފި
އައްޑޫގައި އިސްލާމީ މަރުކަޒެއް އަޅަން ސަރުކާރުން ބަޔަކާ ހަވާލުކޮށްފި އެވެ. އައްޑޫގައި އިސްލާމީ މަރުކަޒެއް އަޅަން ހަވާލުކުރީ ފީޑޯ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ. އެކުންފުންޏާ މަަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ އައްޑޫސިޓީ ކައުންސިލް އިދާރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ. މިއެއްބަސްވުމުގައި ސޮއި ކުރެއްވީ، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރު އަލީ އާއި މަސައްކަތުގެ ކޮންޓްރެކްޓަރ ފެޑޯ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ފަޔާޒްއެވެ. އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ރާއްޖެ ތަރައްގީކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. ވަރަށް ގިނަ މަޝްރޫއުތަކެއް ކުރިއަަށް އެބަ ގެންދެވޭ ކަމަށާއި ރާއްޖެއަށް އަންނަ ތަރައްގީ ދީނީ އިމާރާތްތަކުން ފެނުމަކީ ސަރުކާރުގެ މައިގަނޑު އެއް އަމާޒުކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ. އެގޮތުން މިހާރު އިމާރާތްކުރެވޭ މިސްކިތްތަކާއި އިސްލާމީ މަރުކަޒުތަކުގެ ޑިޒައިނަށް އައިސްފައިވާ ބަދަލު މިނިސްޓަރ ފާހަގަކުރެއްވިއެވެ. ދެ ފަންގިފިލާގެ އައްޑޫސިޓީ އިސްލާމީ މަރުކަޒުގައި 1500 މީހުންގެ ޖާގައިގެ  ނަމާދުކުރާ ބަޔަކާއި 450 މީހުންގެ ޖާގައިގެ މަލްޓި ޕަރޕަސް ހޯލަކާއި 4 ކްލާސްރޫމާއި 2 ސެމިނަރ ރޫމްގެ އިތުރުން އިދާރީ އޮފީހާއި އިސްލާމިކް ލައިބްރަރީ އަދި ޕޭންޓްރީ މި މަރުކަޒުގައި ހިމެނެއެވެ. މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 540  ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މިނިސްޓަރ ވިދާޅުވީ މާލެއިން ބޭރުގައި އެއްވެސް ޕްރޮޖެކްޓެއް ބަޔަކާ ހަވާލުކުރުމަށް މިހާތަނަށް ސޮއިކުރެވިފައިނުވާކަމަށާއި އެހެންނަމަވެސް އައްޑޫ ސިޓީގެ އިސްލާމީ މަރުކަޒު ގާއިމްކުރުމަށްޓަކައި މިފަދަ އެއްބަސްވުމެއް މިވެވުނީ ފުރަތަމަ ފަހަރުކަމަށެވެ. އައްޑޫސިޓީގައި އިސްލާމީ މަރުކަޒެއް ގާއިމްވެގެން ދިއުމަކީ އެ ސިޓީގެ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެއްކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އެހެންކަމުން އުންމީދަކީ އެއްބަސްވުމުގައި ވާގޮތަށް ކޮންޓްރެކްޓަރ މި މަޝްރޫއުގެ މަސައްކަތް ކަނޑައެޅިފައިވާ މުައްދަތުގައި ނިންމުން ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އައްޑޫސިޓީގެ އިސްލާމީ މަރުކަޒު އިމާރާތްކުރާ ސަރަހައްދަށް  ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރު ޢަލީ ވަނީ ޒިޔާރަތްކުރައްވައި އެ ސަރަހައްދު ބައްލަވާލައްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ