މާލެ: 31°C
އައްޑޫގައި ބްރިޖް އަޅަން ނިންމުމުން، އިކޯކެއާއިން ކަންބޮޑުވުން ފާޅުކޮށްފި

އައްޑޫގައި ބްރިޖް އަޅަން ނިންމުމުން، އިކޯކެއާއިން ކަންބޮޑުވުން ފާޅުކޮށްފި

February 7, 2024
3 ފަހަރު ބަލާފައި
އައްޑޫގައި ބްރިޖް އަޅަން ނިންމުމުން، އިކޯކެއާއިން ކަންބޮޑުވުން ފާޅުކޮށްފި
މި ސަރުކާރުން އައްޑޫގައި ބްރިޖެއް އަޅަން ނިންމާފައިވާތީ ތިމާވެށީގެ ޖަމިއްޔާއެއްކަމަށްވާ އިކޯކެއާ މޯލްޑިވްސް އިން ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފިއެވެ. އެ ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ އެންމެ ބޮޑު ކަންބޮޑުވުމަކީ އަޅަން އުޅޭ ބްރިޖްގެ ސަބަބުން ހުޅުމީދޫގެ ވެއްޓަށާއިި ހިތަދޫ ނޭޗާ ޕާކް ސަރަހައްދަށް ގެއްލުން ލިބިދާނެތީ ކަމަށެވެ. އިކޯކެއާއިން ބުނީ އައްޑޫ ހުޅުމީދު އާއި ހިތަދޫ ބްރިޖަކުން ގުޅައިލުން މުހިއްމު ނޫން ކަމަށާއި އައްޑު އަށް ބޭނުން ވަނީ ރަނގަޅު ފެރީ ނިޒާމެއް ކަމަށެވެ.  [embed]https://twitter.com/ecocare_mv/status/1754767287926530237[/embed] އެ ޖަމިއްޔާ އިން ފާހަގަކުރި ގޮތުގައި ރަނގަޅު ފެރީގެ ނިޒާމެއްގެ ތެރެއިން އައްޑޫގެ އަވަށްތައް ގުޅައިލުން، ބްރިޖަކުން ގުޅައިލުމަށް ވެ ހުރިހާ ގޮތަކުން ވެސް ފައިދާ ބޮޑެވެ. ސަބަބަކީ އެފަދަ ވަސީލަތެއްގެ ސަބަބުން ދަތުރުފަތުރަށް އެކަށީގެންވާ ފަސޭހަތަކެއް ނުލިބުމެވެ. އަދި ބްރިޖް އެޅުމާއި އެ ބެލެއްޓުން ފަދަ ކަންކަމަށް ކުރަން ޖެހޭ މަސައްކަތް ވެސް ބޮޑުވުމެވެ. އަދި އެއީ ތިމާވެއްޓަށް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް އިކޯކެއާ އިން ބުންޏެވެ. އެހެންވެ އައްޑޫގައި ބްރިޖް އެޅުމާ މެދު ކަމާބެހޭ އިދާރާތަކުން ފުންކޮށް ވިސްނައި، މިކަމުން ތިމާވެއްޓަށް ލިބިދާނެ ގެއްލުންތަކާ ދޭތެރޭޢ ވިސްނުމަށް އެޖަމިއްޔާ އިން އެދިފައިވެ އެވެ. އައްޑޫގައި ބްރިޖެއް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ، މިދިޔަ ހޯމަ ދުވަހު އެ މަނިކުފާނު ދެއްވި ރިޔާސީ ބަޔާނުގައި އައްޑޫ ބްރިޖަކީ ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއުކަމުގައި ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ