މާލެ: 31°C
އައްޑޫ ފެނާއި ކުނީގެ މައްސަލަ ހައްލުކޮށްދޭނަން: މިނިސްޓަރު ތޯރިގް

އައްޑޫ ފެނާއި ކުނީގެ މައްސަލަ ހައްލުކޮށްދޭނަން: މިނިސްޓަރު ތޯރިގް

January 23, 2024
3 ފަހަރު ބަލާފައި
އައްޑޫ ފެނާއި ކުނީގެ މައްސަލަ ހައްލުކޮށްދޭނަން: މިނިސްޓަރު ތޯރިގް
އައްޑޫ ސިޓީގެ ފެނުގެ ހިދުމަތާއި، ކުނި މެނޭޖު ކުރުމުގެ މަސައްކަތް މިހާރަށްވުރެ އިތުރަށް ރަނގަޅުކުރުމަށްޓަކައި ބަލަން ޖެހޭ ކަންކަމަށް ބަލައި މިހާރު ހުރި މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވާނެކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ މިނިސްޓަރު ތޯރިގް އިބްރާޙިމް ވިދާޅުވެއްޖެއެވެ. އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް މިހެން ވިދާޅުވީ، މިހާރު، އައްޑޫގެ ކުނި މެނޭޖް ކުރުމުގެ މަސައްކަތް ހިނގަމުންދާގޮތް ބެއްލެވުމަށް އެސިޓީއަށް ކުރައްވާ ދަތުރުފުޅުގައި ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެެއްގައެވެ. މިނިސްޓަރު ވިދާޅުވީ، މިވަގުތު އައްޑޫ ސިޓީގެ ފެނަކައިގެ ކެޕޭސިޓީ އޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށެވެ. އެގޮތުން އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ފެނުގެ ހިދުމަތް ދެމުންދަނީ އެންމެ ފެން ޕްލާންޓަކުންކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިގޮތަށް ހިދުމަތް ދެމުންދާނަމަ އައްޑޫ ސިޓީ އިން ފެން ކެނޑުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އެހެންވެ، އެކަމަށް ހައްލެއް ހޯދުމަށް މިނިސްޓްރީއިން ތައްޔާރުވަމުން އަންނަ ކަމަށާއި، މެދުކެނޑުމެއްނެތި 24 ގަޑިއިރު އައްޑޫއަށް ފެނުގެ ހިދުމަތް ލިބޭނެ ގޮތްތައް ބައްލަވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އަޅުގަނޑު އަައްޑޫ ސިޓީ ކައުންސިލްގެ ހުރިހާ މެންބަރުންނާއި މޭޔަރ އާއި ބައްދަލުކުރިން. މި ބައްދަލުވުމުގައި އައްޑޫގައި ރަނގަޅުކުރަން ހުރި ކަންކަން ކައުންސިލްތަކުން ހިއްސާކުރެއްވި. ހުރިހާ ކައުންސިލަރުންވެސް އައްޑޫ ސިޓީގައި ރައްކާތެރިކަމާއެކު ކުނި މެނޭޖުކުރުމުގެ މަސައްކަތް، މިހާރަށްވުރެ ރަނގަޅަށް އެކަންތައް ކޮށްދިނުމަށް އެދުނު" މިނިސްޓަރު ވިދާޅުވިއެވެ.
އަައްޑޫ ސިޓީގެ ހާލަތު ދެނެގަތުމަށާއި އެކި މުވައްސަސާތަކާއި ބައްދަލުކޮށް ހުރި ކަންބޮޑުވުންތައް އޮޅުންފިލުވުމަށް މިނިސްޓަރު ތޯރިގް ކުރައްވާ މި ދަތުރު ގައި އެ މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ ކަނތައްތައް ބަަލައި، އެކަންތައްތައް ވީ އެންމެ އަވަހަކަށް ފޯރުކޮށްދީ، ސަރުކާރާއި އަދި ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް އެ ހިދުމަތް ފޯރުކޮށްދިނުމަކީ ހާސިލުކުރަން ބޭނުންވާ މުހިންމު ކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ