އައްޑޫ ސިޓީ ސަރަޙައްދީ އިގްތިސާދީ ނާރެހުގެ ގޮތުގައި ތަރައްގީކުރަންޖެހޭ: ރައީސް

އައްޑޫ ސިޓީ ސަރަޙައްދީ އިގްތިސާދީ ނާރެހުގެ ގޮތުގައި ތަރައްގީކުރަންޖެހޭ: ރައީސް
ލިޔުން:
މުޅި ރާއްޖެ ތަރައްގީކުރުމަށް އައްޑޫ ސިޓީއަކީ ސަރަޙައްދީ އިގްތިސާދީ ނާރެހުގެ ގޮތުގައި ތަރައްގީކުރަންޖެހޭކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ ގަން ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހަވީރު ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގައެވެ.
ރައީސް ސޯލިހު ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގެ ތާރީހަށް އަލިއަޅުވާލައްވަމުން ވިދާޅުވީ، އިނގިރޭސީން އައްޑޫއިން ފައިބައިގެން ދިޔަދުވަހުން ފެށިގެން، އައްޑޫގެ ތަރައްގީ ދިޔައީ ފަހަތަށްކަމަށެވެ. އެކަން އަންގައިދޭ އެއްކަމެއްގެ ގޮތުގައި އިނގިރޭސީން އައްޑޫއިން ފޭބިތާ 66 އަހަރު ފަހުން މިއަދު ގަން ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީކުރަން ފަށަންޖެހުނު ކަމަށް ރައީސް ސޯލިހު ވިދާޅު ވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ މިސަރުކާރުން އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރާނީ ޒަމާނީ ހުރިހާ ވަސީލަތްތަކާއެކު 1.5 މިލިއަން ފަތުރުވެރިންނަށް ހިދުމަތްދެވޭގޮތަށް ކަމުގައެވެ. އަދި މި މަޝްރޫއުއަކީ ދިވެހިރާއްޖެއާ އިންޑިއާ ދެމެދުއޮތް ޒަމާންވީ ގުޅުން ރަމްޒުކޮށްދޭ މަޝްރޫއުއެއްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސަ ސޯލިހު ވަނީ ރާއްޖޭގެ އިގްތިސޯދު 10 އަހަރުން ދެގުނަކުރުމަށްޓަކައި ސަރުކާރުން އިންގިލާބީ މަޝްރޫއުތަކެއް ކުރިޔަށްގެންދަމުން އަންނަކަމަށް ވިދާޅޫވެފައެވެ. އެގޮތުން ގަން އެއަރޕޯޓް ސަރުކާރުން ފަރުމާކޮށްފައި ވަނީ ކުރިމަގުގައި ވިޔަފާރިއާ ފަތުރުވެރިކަން ވެސް ފުޅާވާނެ މިންވަރު ވިސްނައިގެން ބޭނުންވާނެ ހިދުމަތްތަކަށްވެސް ވިސްނުން ބަހައްޓައިގެންކަމަަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
އެއަރޕޯޓާއެކު ދެކުނު އަދި އައްޑޫގެ ބޮޑުކަންނެލި އެކްސްޕޯރޓް ކުރުމަށް ކުރަންޖެހޭ ދަތުރުތަކަށް ލުއިތަކެއް ލިބިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން މިހާރު ތަރައްގީ ކުރެވެމުންދާ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާ ، މިއެއަޕޯރޓްގެ ކޯލްޑް ސްޓޯރޭޖާ ކާގޯ ފެސިލިޓީގެ ޚިދުމަތާއެކު ގިނަ ތަކްލީފުތަކަށް ޙައްލު ލިބިގެންދާނެކަން ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރައީސް ސޯލިހު ވަނީ އައްޑޫގައި ހުރި 50 ޓަނުގެ ބްރައިން ފްރީޒިންގް ކެޕޭސިޓީ 100 މެޓްރިކް ޓަނަށް ބޮޑުކުރުމުގެ އަމަލީ މަސައްކަތް އަންނަ ޖުލައި މަހު މިފްކޯއިން ފަށާނެކަމާއި އަދި އޯގަސްޓު މަސްތެރޭގައި މިފްކޯގެ މަސްބަނދަރު ބޭނުންކުރަން ފެށޭވަރަށް ތަރައްގީކޮށް ނިމޭނެކަން ވެސް ފާހަގަކުރައްވާފާއެވެ.
އައްޑޫ ސިޓީގެ ތަރައްގީގެ ކަންކަން ކުރިޔަށްދާނީ އެކުއެކީގައިކަން ފާހަގަކުރައްވައި ހަންކެޑެގެ އިތުރަށް , ފަތުރުވެރިކަމަށް މުޅިން އަލަށް އިތުރު 5 ރަށެއް ތަރައްގީ ކުރެވޭނެކަމުގައިވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ރަސްމިއްޔާތުގައި ވާހަކަ ފުޅުދައަކަވަމުން ރައީސް ސޯލިހު ވަނީ ވައިގެ މަގުން ރާއްޖެ ގުޅާލުމުގެ ގޮތުން މުޅި ރާއްޖޭގައި ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ރ. އަތޮޅު ދެކުނުބިތަށް އިތުރުކުރެވޭ އެއާޕޯޓު އަޅާނީ އެއަތޮޅު ބެރިޔަންފަރުގައިކަން ހާމަކުރައްވާފައެވެ.
މިއަދުގެ މި ރަސްމިއްޔާތުގައި މިހާރު ރާއްޖެވަޑައިގެން އުޅުއްވާ އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެކްސްޓަރނަލް އެފެއާޒް ވީ. މުރަލީދަރަންއާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ބައިވެރިވެވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
