މާލެ: 31°C

މަސްތުވާތަކެތި ވިއްކާ ގެއެއް ކޯޓު އަމުރެއްގެ ދަށުން 90 ދުވަހަށް ބަންދުކޮށްފި

July 2, 2026
126 ފަހަރު ބަލާފައި
މަސްތުވާތަކެތި ވިއްކާ ގެއެއް ކޯޓު އަމުރެއްގެ ދަށުން 90 ދުވަހަށް ބަންދުކޮށްފި
މަސްތުވާތަކެތި ވިއްކާތީ އައްޑޫސިޓީ ހިތަދޫގެ އިތުރު ގެއެއް ކޯޓުއަމުރެއްގެ ދަށުން ބަންދު ކޮށްފިއެވެ.

މަސްތުވާތަކެތި ވިއްކާތީ އައްޑޫސިޓީ ހިތަދޫގެ އިތުރު ގެއެއް ކޯޓުއަމުރެއްގެ ދަށުން ބަންދު ކޮށްފިއެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި ވިއްކާ މައްސަލައެއްގައި އައްޑޫ ސިޓީ ހިތަދޫގެ ”މައިލޯ ސިޓީ“ ގެ 90 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ.

މީގެ ކުރިންވެސް ވަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 2-156 ވަނަ މާއްދާގެ ދަށުން އައްޑޫ ސިޓީގެ ގެއެއް ބަންދު ކޮށއފައެވެ.

އެހެންކަމުން މި ގެއަކީ އެ ގާނޫނުގެޓދަށުން މަސްތުވާތަކެތި ބޭނުންކު ރުމުގެ ހިދުމަތް ދޭ ތަނެއް ބަންދު ކުރުމަށް ހިތަދޫ ކޯޓުން ނެރުނު ދެވަނަ އަމުރެވެ.

އެ ގާނޫނުގެ ދަށުން ފުރަތަމަ ނެރުނު ކޯޓުއަމުރަކީ އައްޑޫ ސިޓީ ހިތަދޫ ލާމިޔާގެ ބަންދުކުރަން ނެރުނު އަމުރެވެ. އެ ގެ ބަންދު ކުރަން މެއި ޖޫނއ 8 ގައި ނެރުނު އަމުރުގެ މުއްދަތު ހަމަވާނީ ސެޕްޓެމްބަރު މަހުގެ 6 އަށެވެ.

އެ އަމުރު ނެރުނު ފަހުން އެ ގެއަށް ވަދެ ނުކުމެ އުޅުނު 50 އަހަރުގެ މީހަކު ވެސް މިދިޔަ މަހުގެ ތެރޭގައި ވަނީ ހައްޔަރު ކޮށއފައެވެ.

މަސްތުވާތަކެތީގެ ހިދުމަތް ދޭތީ މަރަދޫފޭދޫ އުއްމީދުގޭ ވެސް 90 ދުވަހަށް ބަންދުކުރަން އެ އަވަށު މެޖިސްޓްރޭޓް ކޯޓުން މިދިޔަ މަހުގެ 15 ގައި އަމުރެއް ނެރެފައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ