މާލެ: 31°C
އައްޑޫސިޓީގެ މިސްކިތްތައް މަރާމާތުކުރުމަށް 1.5 މިލިއަން ރުފިޔާ ހޭދަކުރަނީ

އައްޑޫސިޓީގެ މިސްކިތްތައް މަރާމާތުކުރުމަށް 1.5 މިލިއަން ރުފިޔާ ހޭދަކުރަނީ

February 18, 2024
4 ފަހަރު ބަލާފައި
އައްޑޫސިޓީގެ މިސްކިތްތައް މަރާމާތުކުރުމަށް 1.5 މިލިއަން ރުފިޔާ ހޭދަކުރަނީ
އައްޑޫސިޓީގެ މިސްކިތްތައް މަރާމާތު ކުރުމަށް 1.5 މިލިއަން ރުފިޔާ ހޭދަކުރުމަށް ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވީ އައްޑޫސިޓީގައި ހުރި 68 މިސްކިތް މަރާމާތުކުރުމަށް މިސްކިތު ފަންޑުން 1.5 މިލިއަން ރުފިޔާ ހޭދަ ކުރުމަށް ނިންމާފައިވާކަމަށެވެ. މި 1.5 މިލިއަން ރުފިޔާ މިސްކިތްތަކަށް ހަރަދުކުރާނީ އައްޑޫސިޓީ ކައުންސިލް މެދުވެރިކޮށެވެ. މިނިސްޓަރު ޝަހީމް ވިދާޅުވީ މިއީ މިހާތަނަށް އައްޑޫގެ މިސްކިތްތައް މަރާމާތަށް ރާއްޖޭގެ ސަރުކާރަކުން އެއްފަހަރާ ކުރާ އެންމެ ބޮޑު ހޭދަ ކަމަށެވެ. މިނިސްޓަރު ޝަހީމް މިވަގުތު ހުންނެވީ ރައީސް އަރިހު އައްޑޫ ސިޓީގައެވެ. މިނިސްޓަރު ޝަހީމް ވަނީ އައްޑޫސިޓީގައި ހަދަމުންދާ އިސްލާމިކް ސެންޓަރުގެ މަސައްކަތް އަންނަ އަހަރުގެ މެއިމަހުގެ ނިޔަލަށް ނިންމާލެވޭނޭ ކަމަށްވެސް ވިދާޅުވެފައެވެ. އައްޑޫސިޓީގެ މިސްކިތްތައް މަރާމާތުކުރުމަށް 68 މިސްކިތަކަށް ޖުމްލަ 1.5 މިލިއަން ރުފިޔާ ދިނުމަށް ސަރުކާރުން ނިންމާފައިވާއިރު، އެ ސިޓީގައި ހުރި ބައެއް މިސްކިތްތައް ހުރީ ވަރަށްބޮޑަށް މަރާމާތުކުރަން ވެފައެވެ. މިސްކިތްތަކަށް 1.5 މިލިއަން ރުފިޔާ ހަމަޖައްސާފައިވާއިރު، އެއީ ކޮންމެ މިސްކިތަކަށް ބަލާނަމަ ގާތްގަނޑަކަށް 22،058 ރުފިޔާއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ