މާލެ: 31°C

އައްޑޫސިޓީ ހިތަދޫ ކޮމާޝަން ޒޯނުން ވިޔަވާރި ބޭނުމަށް 4000 އަކަފޫޓުގެ 7 ބިމެއް ދޫކުރަން އިއުލާނުކޮށްފި

February 13, 2025
116 ފަހަރު ބަލާފައި
އައްޑޫސިޓީ ހިތަދޫ ކޮމާޝަން ޒޯނުން ވިޔަވާރި ބޭނުމަށް 4000 އަކަފޫޓުގެ 7 ބިމެއް ދޫކުރަން އިއުލާނުކޮށްފި
އައްޑޫސިޓީގެ ހިތަދޫ ކޮމާޝަން ޒޯނުން ވިޔަވާރި ބޭނުމަށް 4000 އަކަފޫޓުގެ 7 ބިމެއް ދޫކުރަން އިއުލާނުކޮށްފިއެވެ.

އައްޑޫސިޓީގެ ހިތަދޫ ކޮމާޝަން ޒޯނުން ވިޔަވާރި ބޭނުމަށް 4000 އަކަފޫޓުގެ 7 ބިމެއް ދޫކުރަން އިއުލާނުކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ކޮސްފައިވާ އިއުލާނުގައި ބުނެފައިވަނީ އައްޑޫ ސިޓީގެ ހިތަދޫ ކޮމާޝަލް ޒޯން ސަރަހައްދުން ރީޓެއިލް/ހޯލްސޭލް ވިޔާފާރި ބޭނުމްށް 4000 އަކަފޫޓުގެ 7 ބިން ދޫކުރަން ހަމަޖެހިފައިވާ ކަމަށާއި ބިންތައް ކުއްޔަށް ނަގަން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 10 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

މި ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން މި މަހުގެ 25 އާ ހަމައަށެވެ. އަދި ބީލަމުގައި ރަޖިސްޓްރީ ވާން އެދޭ ފަރާތްތަކުން އެކަން ބަޔާންކޮށް އަދި އެދޭ ފަރާތުގެ ނަމާއި އެޑްރެހާއި ގުޅޭނެ ނަންބަރު އަދި -މެއިލް އެޑްރެހާއެކު އެ ކައުންސިލްގެ finance@adducity.gov.mv އަށް މެއިލް ކުރުމަށްވެސް އެދިފައިވެއެވެ. މީގެ އިތުރުން ބިޑް ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 300 ރުފިޔާ ދައްކަން ޖެހޭނެކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.

އަދި  ބީލަންތައް ބަލައިގަތުމާއި ހުޅުވުން އޮންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ 10:00 ގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ކަމަށާއި އެ ބީލަމާ ގުޅޭ އިތުރު މައުލޫމާތު އެ ކައުންސިލްގެ ނަންބަރ 6885003 އަށް ރަސްމީ ގަޑިތަކުގައި ގުޅުއްވުމުން ފޯރުކޮށްދޭނެ ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ