މާލެ: 31°C

އައްޑޫ ސިޓީގައި އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

އައްޑޫ ސިޓީގައި އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
July 10, 2023
2 ފަހަރު ބަލާފައި
އައްޑޫ ސިޓީގައި އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
އައްޑޫ ސިޓީގައި އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. "މިނިވަން" އަށް މައުލޫމާތުދެމުން ފުުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އައްޑޫ ސިޓީ ހުޅުދޫގައި މިއަދު މޫދަށް ދިޔަ މީހަކު ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް 11:48 އެހާކަން ހާއިރު މޫދުން ފެނިފައިވާ ކަމަށެވެ.
ރަށު ހެލްތް ސެންޓަރަށް އެ މީހާ ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހެލްތް ސެންޓަރުން މައުލޫމާތު ދީފައިވާ ކަމަށް ވެސް މީޑިއާ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.
ފުލުހުން ބުނީ މިހާދިސާ ގައި މަރުވެފައި ވަނީ އުމުރުން 78 ހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. މި ހާދިސާ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން މިހާރު ދަނީ ބަލަމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ