މާލެ: 31°C
އައްޑޫ ސިޓީގައި މޫދަށް އެރިއުޅުނު އަންހެނަކު މަރުވެއްޖެ

އައްޑޫ ސިޓީގައި މޫދަށް އެރިއުޅުނު އަންހެނަކު މަރުވެއްޖެ

March 6, 2024
2 ފަހަރު ބަލާފައި
އައްޑޫ ސިޓީގައި މޫދަށް އެރިއުޅުނު އަންހެނަކު މަރުވެއްޖެ
އައްޑޫ ސިޓީ ހިތަދޫގައި މޫދަށް އެރި އުޅުނު އަންހެނަކު މަރުވެއްޖެއެވެ. މިނިވަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އަންހެން މީހާ މަރުވެފައި ވަނީ ހިތަދޫ ފަތާ ޓްރެކްގައި މޫދަށް އެރިއުޅެނިކޮށެވެ. އެ ސަރަހައްދު މޫދުގައި ހަބަރު ހުސްވެފައި އޮއްވާ ބަޔަކަށް އެ އަންހެން މީހާ ފެނިފައިވަނީ މިރޭ ހަތެއް ޖަހާ އެހާކަން ހާއިރު އެވެ. އަދި އެ އަންހެން މީހާ ފެނުމާއެކު އެވަގުތު އެތަނުގައި ހަރަކާތް ތެރިވި ބަޔަކު ވަނީ ފުލުހުންނަށާއި އެމްބިއުލާންސަށް ގުޅާފައެވެ. އެމްބިއުލާންސް އައުމަށްފަހު އޭގައި އެ އަންހެންމީހާ ގެންދިޔައީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށެވެ. މިނިވަން އަށް މައުލޫމާތު ދެމުން  ހިތަދޫއިން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާ އޮތީ މަރުވެފައެވެ. މިހާދިސާއާ ގުޅިގެން އަދި މިހާތަނަށް ފުލުހުންގެ ބަހެއް ލިބިފައެއް ނުވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ