އައްޑޫ ސިޓީގެ ހުޅުމީދޫ އިން ހިތާދޫ އަށް ގުޅުވާލާ ރާއްޖޭގެ އެންމެ ބޮޑު ބްރިޖް މަޝްރޫއަށް ފަންނީ ލަފާދޭނެ ބަޔަކު ހޯދަން އިޢުލާނުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ބްރިޖު މަޝްރޫއުގެ ސާވޭ އާއި ޑިޒައިން އަދި ޓެންޑާ ޑޮކިއުމަންޓާއި ޓެކްނިކަލް ސްޕެސިފިކޭޝަން ގެ މަސައްކަތުގެ ކޮންސަލްޓަންސީ ސާވިސް ދޭނެ ފާމެއް ހޯދަން ބޭނުންވާކަމަށެވެ. އެހެންކަމުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އީއޯއައި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 24 ވަނަ ދުވަހުގެ 1:00 އާއި ހަމައަށް ހުޅުވާލައިފައިވާކަމަށެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވާގޮތުން އެ މަސައްކަތް ޚަވާލުކުރާނެ ފަރާތެއް ކަނޑައަޅާނީ އެކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓު ކުރާ ފަރާތްތަކަށް ފްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދީގެންނެވެ.
Arab Contractors commenced the initial surveying works for preparation of the preliminary design of the Hithadhoo-Hulhumeedhoo Bridge project on 6th March 2024.
— Ministry of Construction, Housing & Infrastructure (@MoCImv) March 10, 2024
The initial surveys will be concluded today. pic.twitter.com/xS48pb3B4U
އައްޑޫ ބްރިޖު މަޝްރޫއުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސާވޭގެ މަސައްކަތް ކުރުމަށް "ދަ އަރަބް ކޮންޓްރެކްޓާސް - އޮސްމާން އަހުމަދު އޮސްމާން އެންޑް ކޯ" އާއި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު ވަނީ ޚަވާލުކޮށްފައެވެ. އަދި އެ ސާވޭގެ މަސައްކަތް ވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި ނިންމައިފަ އެވެ.
އައްޑޫ ބްރިޖަކީ ރާއްޖޭގައި ގާއިމުކުރެވޭ އެންމެ ދިގު ބްރިޖެވެ. އެ ބްރިޖުގެ ދިގުމިނުގައި 13 ކިލޯ މީޓަރު ހުންނާނެ އެވެ.







