
އައްޑޫ ބޯޓެއްގައި ރޯވެ، ފަޅުވެރިޔަކު ގެއްލިގެން ހޯދަނީ
އައްޑޫ ބޯޓެއްގައި ރޯވެ، ފަޅުވެރިޔަކު ގެއްލިގެން ހޯދަނީ
ލިޔުން:
އައްޑޫ އާއި މާލެއާ ދެމެދު މުދާއުފުލާ ބޯޓެއް ކަމަށްވާ އާގަލާ ބޯޓުގައި ރޯވެ އެ ބޯޓުން ދަތުރުކުރި ފަޅުވެރިޔަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި އެ ބޯޓުގައި ރޯވެފައިވަނީ ރޭ ދަންވަރު 02:47 ގައި މ.ތުވަރުން 0.96 ނޯޓިކަލް މޭލު ބޭރުގައި އޮއްވައި ކަމަށާއި އެވަގުތު ބޯޓުގައި ތިބީ 15 ފަޅުވެރިން ކަމަށެވެ. އެއީ ފަސް ދިވެހިންނާއި، ފަސް އިންޑިއާ މީހުން އަދި ބަންގްލަދޭޝްއަށް ނިސްބަތްވާ ފަސް މީހުންނެވެ.
ބޯޓުގައި ރޯވުމުން ކަނޑަށް ފުންމާލި ފަޅުވެރިންގެ ތެރެއިން 14 މީހަކު އެމްއެންޑީއެފުން ސަލާމަތްކޮށް މިހާރު ވަނީ ފުލުހުންގެ އެހީތެރިކަމާއިއެކު މ. މުލި ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
ނަމަވެސް އިންޑިއާއަށް ނިސްބަތްވާ އެކަކު އަދިވެސް ހޯދިފައިނުވާ ކަމަށާއި، އެމީހާ ހޯދުމުގެ މަސައްކަތް ކަނޑާ ވައިގެ މަގުންދަނީ ކުރަމުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގައި ބޯޓު ވަނީ ވަރަށް ބޮޑަށް އަނދާފައި ކަމަށާއި، އަދި މިހާރު ދަނީ އަޑިޔަށް ދަމުން ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
