މާލެ: 31°C

އައްޑު އަށް އަންނަ ތަރައްގީ ފާހަގަކުރުމަށް މިރޭ ހަވާ އަރުވަނީ

އައްޑު އަށް އަންނަ ތަރައްގީ ފާހަގަކުރުމަށް މިރޭ ހަވާ އަރުވަނީ
June 4, 2023
2 ފަހަރު ބަލާފައި
އައްޑު އަށް އަންނަ ތަރައްގީ ފާހަގަކުރުމަށް މިރޭ ހަވާ އަރުވަނީ
އައްޑޫސިޓީއަށް އަންނަ ތަރައްގީ ފާހަގަކުރުމަށް މިރޭ ސ. ހިތަދޫގައި ހަވާ އަރުވަން ސިޓީ ކައުންސިލުން ނިންމައިފި އެވެ. އައްޑޫއަށް މިހާރު ލިބެމުން އަންނަ ތަރައްގީތައް ފާހަގަކޮށް، އުފާ ފާޅުކުރުމުގެ ގޮތުން، ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން އެމްއެންޑީއެފް ސިފްކޯގެ އެހީތެރިކަމާއެކު މިރޭ އައްޑޫ ސިޓީ ސްކެއާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރައްޔިތުންނާ އެކީގައި ބާއްވަވާ ބައްދަލުވުމުގެ ތެރެއިން ހަވާ އެރުވުމަށް ވަނީ ހަމަޖެހިފައެވެ. ހަވާ އެރުވުން އޮންނަނީ ހިތަދޫގައި ހުންނަ އައްޑޫ ސިޓީ ސްކޮޔާގައި ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ. ރައީސް އައްޑޫއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިއްޔެ ހަވީރު ވަނީ، މިހާރު އައްޑޫގައި ކުރިޔަށްދާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ބިން ހިއްކުމުގެ ބިޔަ މަޝްރޫއު ރަސްމީކޮށް ފައްޓަވައި ދެއްވައިފަ އެވެ. އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއު ވެސް، ރައީސް މިއަދު ފައްޓަވައިދެއްވާނެއެވެ. ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ރައީސް ސޯލިހް އައްޑު އަށް ވަޑައިގަތީ އެ ސިޓީގައި ކުރިއަށްދާ ބައެއް މަޝްރޫއުތައް ފައްޓަވައި ދެއްވުމަށާއި ބައެއް މަޝްރޫއުތައް ހިނގަމުންދާ ގޮތް ބައްލަވާލެއްވުމަށެވެ. އައްޑޫ ސިޓީގައި އެންމެ ފަހުން ހަވާ އަރުވާފައި ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ. އެއީ ނެސޯ ހޯމް ވަގުތު ފުޓްސަލް ޗެލެންޖް ނިންމުމުގެ ރަސްމިއްޔާތުގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ