މާލެ: 31°C

އެމްޑީޕީ އަކީ ބަލިވުމުން ހުންއައިސް ރަޖާލައިގެން ފިލާތިބޭ ބައެއްކަމަށް އާދަމް އާޒިމް ބުނުމުން އެމްޑީޕީ ރަތައް

December 8, 2025
624 ފަހަރު ބަލާފައި
އެމްޑީޕީ އަކީ ބަލިވުމުން ހުންއައިސް ރަޖާލައިގެން ފިލާތިބޭ ބައެއްކަމަށް އާދަމް އާޒިމް ބުނުމުން އެމްޑީޕީ ރަތައް
އިންތިހާބުން ބަލިވުމުން ރަޖާލައިގެން ފިލާތިއްބައި ޕާޓީއަށް ރޫހުގެނުވީ އާދަމް އާޒިމްކަމަށް ބުނުމުން އެމްޑީޕީ މެންބަރުން އާދަމް އާޒިމް ގެ މާފަށް އެދުމަށް ގޮވާލަން ފަށައިފި އެވެ.

އިންތިހާބުން ބަލިވުމުން ރަޖާލައިގެން ފިލާތިއްބައި ޕާޓީއަށް ރޫހުގެނުވީ އާދަމް އާޒިމްކަމަށް ބުނުމުން އެމްޑީޕީ މެންބަރުން އާދަމް އާޒިމް ގެ މާފަށް އެދުމަށް ގޮވާލަން ފަށައިފި އެވެ.

އެމްޑީޕީ މެންބަރުންގެ ހިތްހަމަނުޖެހުން އާޒިމް އަށް ކުރިމަތިވީ 2023 ގެ ރިޔާސީ އިންތިހާބުން އެމްޑީޕީ ބަލިވުމުނުން އެމްޑީޕީ އޮތީ ހުންއައިސް ރަޖާލައިގެން ފިލައިކަމަށް، އާޒިމް ވިދާޅުވުމާ ގުޅިގެންނެވެ.

އާދަމް އާޒިމް އެހެން ވިދާޅުވުމާ ގުޅިގެން މާރިޔާ މާރިޔާ ވިދާޅުވީ 7 ފެބްރުއަރީ 2012 ގައި އިސްތިއުފާ ދިނުން ނޫންގޮތެއް ނެތަކަމަށް ބުނެ އެމްޑީޕީގެ ވެރިކަން ނިންމައި ވައްޓާލުމުން ޖަހާނެ ބަޑިއަކަށް، މުގުރަކަކަށް ކަރުނަ ގޭހަކަށް ނުބަލައި ނިކުތީ އެމްޑީޕީގެ ރީނދޫ ލަޝްކަރު ކަމަށެވެ.

އަދި އާދަމް އާޒިމް ގެ ބޭބެ ކާނަލް ނާޒިމް 2013 ވަނަ އަހަރު އުފެދުނު ޕީޕީއެމް ވެރިކަމުގައި ހައްޔަރުކުރި ކުރުމާ ގުޅޭގޮތުން މާރިޔާ ވިދާޅުވީ ސިޔާސީ ލީޑަރުން ހައްޔަރުކޮށް ޖަލަށް ލުމުން ޖަލު ގޮޅިއަކަށް ކަރުނަގޭހަކަށް މުގުރަކަށް ނުބަލައި މިނިވަންކަމުގެ ދިފާއުގައިވެސް ނިކުތީ އެމްޑީޕީ ރަންރީނދޫ ލަޝްކަރު ކަމަށެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިހާބުގެ އެމްޑީޕީ މާލޭ މޭޔަރ ޕްރައިމަރީއަށް ވާދަކުރާ ފަރާތަކަށްވެހުރެ އެމްޑީޕީގެ ހިތްވަރުގަދަ އާންމު މެންބަރުންނަށް ކަޑައިމީސްކޮށް ވާހަކަދެއްކުމަކީ އެމްޑީޕީގެ މަންމަ ކަމަށް އެމްޑީޕީ އާންމު ގިނަ މެންބަރުން ދެކޭ މީހެއްގެ ހައިސިއްޔަތުން އެއްގޮތަކަށްވެސް ގަބބޫލުކުރެވޭ ކަމެއް ނޫންކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ