އެކައުންޓުގެ ވެރިފަރާތަށް ނޭނގި ބޮޑު އަދަދަކުން ޓްރާންސްފާ ކުރި މީހަކު ހޯދަނީ

އެކައުންޓުގެ ވެރިފަރާތަށް ނޭނގި ބޮޑު އަދަދަކުން ޓްރާންސްފާ ކުރި މީހަކު ހޯދަނީ
ލިޔުން:
އެކައުންޓުގެ ވެރިފަރާތަށް ނޭނގި ގިނަ އަދަދެއްގެ ފައިސާ ޓްރާންސްފާ ކުރި އަންހެނަކު ހޯދަން ފުލުހުން ވީޑިއޯ އެއް އާއްމު ކޮށްފިއެވެ.
ފުލުހުންގެ ވެބްސައިޓުގައި އެ ވީޑިއޯއާ އެކު އާއްމުކުރި ބަޔާނުގައި ބުނީ އެވީޑިއޯއިން ފެންނަ މީހާއަކީ، އެކައުންޓުގެ ވެރިފަރާތަށް ނޭނގި 180،000ރ އަށްވުރެ ގިނަ ފައިސާ އެހެން ފަރާތެއްގެ އެކައުންޓަށް ޓްރާންސްފާ ކޮއްފައިވާކަމަށް ތުހުމަތުކުރެވޭ މީހެއް ކަމަށެވެ. ވީޑިއޯ އާއްމުކުރީ ފައިސާ ޓްރާންސް ކުރި މައްސަލާގައި ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް އޭނާ ހޯދަން ބޭނުންވެ، ކާކުކަން ދެނެގަނެވިފައި ނުވާތީ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ވާނަމަ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅަން ފުލުހުން އެދެ އެވެ.
އެކިއެކި ލިންކްތައް މެދުވެރިކޮށް މީހުންގެ ފޯނާއި އެހެނިހެން ޑިވައިސްތައް ހެކްކޮށް، ފައިސާ ޓްރާންސްފާ ކުރުމުގެ މައްސަލަތައް ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. މީހުން ފޮނުވާ އެފަދަ ލިންކްތަކަށް ނުވަނުމަށާއި އެއްވެސް މީހަކަށް އޯޓީޕީއާއި ޕާސްވޯޑް ފަދަ މައުލޫމާތު ނުދޭން ބޭންކްތަކުން އަންނަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
