މާލެ: 31°C

އެކްސިޑެންޓު ވުމުން ސައިކަލު ދޫކޮށްލުމަށްފަހު ފިލި މީހަކު ފުލުހުން ހައްޔަރުކޮށްފި

January 15, 2025
3 ފަހަރު ބަލާފައި
އެކްސިޑެންޓު ވުމުން ސައިކަލު ދޫކޮށްލުމަށްފަހު ފިލި މީހަކު ފުލުހުން ހައްޔަރުކޮށްފި
އެކްސިޑެންޓު ވުމުން ސައިކަލު ދޫކޮށްލުމަށްފަހު ފިލި މީހަކު ފުލުހުން ހައްޔަރުކޮށްފި
ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގުމުން މަޑުނުކޮށް ސައިކަލު ދޫކޮށްލުމަށްފަހު ފިލި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ ނިރޮޅު މަގުގައި ހުންނަ ކެއަރ ޕްލަސް ފިހާރަ ކައިރީގައި އިއްޔެގެ ވަގުތެއްގައި ކަމަށެެވެ. މި އެކްސިޑެންޓުގައި، ހިނގާފައި ދިޔަ 63 އަހަރުގެ ދިވެހި ފިރިހެނެއްގެ ގައިގައި ސައިކަލުން ޖެހި އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައި ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ، ސައިކަލު ދުއްވި މީހާ އެކްސިޑެންޓުވުމުން ސައިކަލު ދޫކޮށްލުމަށްފަހު ވަނީ ފިލާފައި ކަމަށާއި، އިއްޔެގެ ވަގުތެއްގައި އެ މީހާ ހޯދައި ވަނީ ހައްޔަރުކޮށްފައި ކަމަށެެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ވާދޫ / ފުރުސަތު، އުމުރުން 27 އަހަރުގެ ލޫޠު އިބްރާހީމް އެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 7 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ