މާލެ: 31°C

އެކްސިޑެންޓްގައި އަނިޔާވި ހަފީޒު އިތުރު ފަރުވާއަށް އިންޑިއާއަށް ފުރުވާލައިފި

އެކްސިޑެންޓްގައި އަނިޔާވި ހަފީޒު އިތުރު ފަރުވާއަށް އިންޑިއާއަށް ފުރުވާލައިފި
July 4, 2023
2 ފަހަރު ބަލާފައި
އެކްސިޑެންޓްގައި އަނިޔާވި ހަފީޒު އިތުރު ފަރުވާއަށް އިންޑިއާއަށް ފުރުވާލައިފި
މަޖީދީ މަގު، ރެޑްވޭވް ކައިރިން ހިނގާފައި ދަނިކޮށް ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި އެކްސިޑެންޓްވެ ޒަހަމްވި ގައުމީ ޔުނިވާސިޓީގެ ލެކްޗަރު އަލީ ހަފީޒް އިތުރު ފަރުވާއަށް އިންޑިއާއަށް ފުރުވާލައިފިއެވެ. ހަފީޒް ފަތިސް ނަމާދުކޮށްގެން ނިކުތް ގަޑީގައި ސައިކަލަކުން ޖެހި އަނިޔާވިއިރު، އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ވަނީ ފަރުވާ ދީފައެވެ. ނަމަވެސް ހާލު ސީރިޔަސް ވުމުގެ ސަބަބުން އިތުރު ފަރުވާ އަށް އެއާ އެންބިއުލާންސްގަ ވަނީ އިންޑިއާ އަށް ފުރުވާލާފައެވެ. މި ހާދިސާގައި ސައިކަލު ދުއަވަން އިނީ އުމުރުން 22 އަހަރުގެ ޒުވާނެކެވެ. އޭނާގެ އަތުގައި ސައިކަލު ދުއްވުމުގެ ލައިސަންސެއް ނެތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނީ އެ މައްސަލާގައި ސައިކަލު ދުއްވަން އިން މީހާ ވަނީ މިހާރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައި ކަމަށާއި، އޭނާ ހައްޔަރުކުރުން ފަސްކުރީ އޭނާއަށްވެސް އެކްސިޑެންޓްގައި ބޮޑެތި އަނިޔާތަކެއް ލިބިފައިވުމާއެކު، ފަރުވާދެމުން އޭރު ދާތީކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ