މާލެ: 31°C

އޭސީސީގެ މެމްބަރުކަމަށް އައްޔަނުކުރުމަށް މަޖިލީހަށް ރައީސް ފޮނުވި އެއްނަން އަނބުރާ ގެނެސް އެހެން ފަރާތެއްގެން ނަން ފޮނުވައިފި

January 20, 2025
153 ފަހަރު ބަލާފައި
އޭސީސީގެ މެމްބަރުކަމަށް އައްޔަނުކުރުމަށް މަޖިލީހަށް ރައީސް ފޮނުވި އެއްނަން އަނބުރާ ގެނެސް އެހެން ފަރާތެއްގެން ނަން ފޮނުވައިފި
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ހުސްވެފައިވާ މެމްބަރުކަމުގެ 2 މަގާމަށް އައްޔަނުކުރުމަށް ރައީސް ޑރ.މުއިއްޒު މީގެ ކުރިން ފޮނުވާފައިވާ 2 ނަމަކީ މއ. ގޯލްޑަން މޫން އަހުމަދު ނާޝިދު އާއި، ރ. ހުޅުދުއްފާރު ރޯޒްވިލާ އާސިޔާ އަޒީމާގެ ނަމެވެ. ނަމަވެސް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އަށް ރައީސް ޑރ. މުއިއްޒު ވަނީ އާސިޔާގެ ބަދަލުގައި އެހެން ނަމެއް ފޮނުއްވައިފަ އެވެ.

އޭސީސީގެ މެމްބަރުކަމަށް އައްޔަނުކުރުމަށް މަޖިލިސްއަށް ރައީސް ފޮނުވި އެއްނަން އަނބުރާ ގެނެސް އެހެން ފަރާތެއްގެން ނަން ފޮނުވައިފިއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ހުސްވެފައިވާ މެމްބަރުކަމުގެ 2 މަގާމަށް އައްޔަނުކުރުމަށް ރައީސް ޑރ.މުއިއްޒު މީގެ ކުރިން ފޮނުވާފައިވާ 2 ނަމަކީ މއ. ގޯލްޑަން މޫން އަހުމަދު ނާޝިދު އާއި، ރ. ހުޅުދުއްފާރު ރޯޒްވިލާ އާސިޔާ އަޒީމާގެ ނަމެވެ. ނަމަވެސް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އަށް ރައީސް ޑރ. މުއިއްޒު ވަނީ އާސިޔާގެ ބަދަލުގައި އެހެން ނަމެއް ފޮނުއްވައިފަ އެވެ.

ރައީސުލް ޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލިސްއަށް ފޮނުވާފައިވާ ސިޓީގައިވާ ގޮތުން އޭސީސިގެ މެމްބަރުކަމަށް އައްޔަނުކުރަން ކުރިން ފޮނުވާފައިވާ 1 ނަން ކަމުގައިވާ ރ. ހުޅުދުއްފާރު ރޯޒްވިލާ އާސިޔާ އަޒީމާގެ ގެ ބަދަލުގައި އެ ކޮމިޝަނުގެ މެމްބަރުކަމަށް އައްޔަނުކުރަން ރައްޔިތުންގެ މަޖިލިސް އަށް ފޮނުވާފައިވަނީ ރ. އަލިފުށީ ފަސާނާގޭ، އަބްދުﷲ ނާޝިފްގެ ނަމެވެ.

އެހެންކަމުން އަލަށް ރައީސުލްޖުމްހޫރިއްޔާ ނަން މިއަދުގެ ޖަލްސާގައިވަނީ މިނިވަން މުވައްސަސާތަކާބެހޭ ކޮމެޓީއަށް ދިރާސާކުރުމަށް ފޮނުވާފައެވެ.

އޭސީސީން 2 މެމްބަރުންގެ މަގާމު ހުސްވީ މިދިޔަ ނޮވެމްބަރު މަހު އޭސީސީގެ ނައިބު ރައީސް އަބްދުލްސަލާމާއި މެންބަރު ތޯހާ މުހައްމަދަށް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކޮށް ރައްޔިތުންގެ މަޖިލީސް އިން އެ 2 ބޭފުޅުން އޭސީސީގެ މެމްބަރުކަމުގެ މަގާމުން ވަކިކުރަން ނިންމެވުމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ