މާލެ: 31°C

އޭސީސީން ތިނަދޫ ސިޓީ ކައުންސިލް އިދާރާއިން ވައްކަންކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި

January 27, 2025
749 ފަހަރު ބަލާފައި
އޭސީސީން ތިނަދޫ ސިޓީ ކައުންސިލް އިދާރާއިން ވައްކަންކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އޮފިޝަލުންތަކެއް ތިނަދޫ ސިޓީ ކައުންސިލް އިދާރާ އިން ވައްކަންކޮށްފައިވާ ކަމަށް ތުހުމަތުކޮށް މައްސަލަ ބަލައިދިނުމަށް ޕޮލިހަށް ހުށަހަޅައިފިއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އޮފިޝަލުންތަކެއް ތިނަދޫ ސިޓީ ކައުންސިލް އިދާރާ އިން ވައްކަންކޮށްފައިވާ ކަމަށް ތުހުމަތުކޮށް މައްސަލަ ބަލައިދިނުމަށް ޕޮލިހަށް ހުށަހަޅައިފިއެވެ.

ތިނަދޫ ކައުންސިލް ޝޯޝަލް މީޑިއާ ގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ،ތިނަދޫ ސިޓީ ކައުންސިލްގެ ގިނަ އަދަދެއްގެ ތަކެތި އޭސީސީގެ ނަމުގައި އައި ބަޔަކު ވަގަށް ނަގައިފި ކަމަށާއި، އެހެންކަމުން އެ މައްސަލަ މޯލްޑިވެސް ޕޮލިސް ސާރވިސްއަށް ހުށަހަޅައި ބަލަމުންދާތީ ކައުންސިލްގެ ބައެއް ޚިދުމަތްތައް މެދު ކެނޑިފައިވާ ވާހަކަ އެންމެހާ ފަރާތްތަކުގެ މައުލޫމާތައްޓަކައި ދަންނަވާ ކަމަށެވެ.

ތިނަދޫ ސިޓީ ކައުންސިލްގެ ގިނަ އަދަދެއްގެ ތަކެތި އޭސީސީގެ ނަމުގައި އައި ބަޔަކު ވަގަށް ނަގައިފި. މި މައްސަލަ މޯލްޑިވެސް ޕޮލިސް ސާރވިސްއަށް ހުށަހެޅި ބަލަމުންދާތީ ކައުންސިލްގެ ބައެއް ޚިދުމަތްތައް މެދު ކެނޑިފައިވާ ވާހަކަ އެންމެހާ ފަރާތްތަކުގެ މައުލޫމާތައްޓަކައި ދަންނަވަން. ތިނަދޫ ކައުންސިލްގެ ފޭސްބްކް ޕޭޖުގައި ބުނެފައިވެއެވެ.

ތިނަދޫ ސިޓީ ކައުންސިލް އިދާރާ އަށް އޭސީސީން ވަދެ ބައެއް ތަކެތި ގެންގޮސްފައިވާ އިރު، ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދިނުމާ ގުޅޭގޮތުން ކައުންސިލުން ބައެއް މައުލޫމާތު އޮޅުވާލާފައިވާކަމަށް ބުނެ ސަރުކާރާށް ނިސްބަތަވާ ސިޔާސީ ފަރާތަކުން ހައިކޯޓަށް މީގެ ކުރިން މައްސަލައެއްވެސް ހުށަހަޅާފައިވެއެވެ. އަދި އެ މައްސަލަ ބަލައިދިނުމަށާއި އެ ސިޓީގެ މޭޔަރު މޭޔަރު ސަޢުދު އަލީ ކޮރަޕްޝަނުގެ އަމަލެއް ހިންގި ކަމަށް ތުހުމަތުކޮށް، އޭސީސީ އަށް މި މަހުގެ 15 ގައި މައްސަލައެއް ވެސް ހުށަހަޅާފައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ