މާލެ: 31°C

އޭސީސީގެ މެމްބަރުކަމަށް ނާޝިދު އާއި، ނާޝިފް އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

January 20, 2025
145 ފަހަރު ބަލާފައި
އޭސީސީގެ މެމްބަރުކަމަށް ނާޝިދު އާއި، ނާޝިފް އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި
ދައުރުން ބޭރުން ނިމުނު ހަފްތާގައި ބޭއްވި ފުރަތަމަ ޖަލްސާގައި، އޭސީސީއަށް އައްޔަން ކުރަން ރައީސް ޑރ.މުއިއްޒު ރައްޔިތުންގެ މަޖިލިސްއަށް ފޮނުވާފައިވާ ދެ ބޭފުޅުންނަކީ މއ. ގޯލްޑަން މޫން އަހުމަދު ނާޝިދު އާއި، ރ. ހުޅުދުއްފާރު ރޯޒްވިލާ އާސިޔާ އަޒީމާގެ ނަމެވެ. ނަމަވެސް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އަށް ރައީސް ޑރ. މުއިއްޒު ވަނީ އާސިޔާގެ ބަދަލުގައި އެ ކޮމިޝަނުގެ މެމްބަރުކަމަށް އައްޔަނުކުރަން ރ. އަލިފުށީ ފަސާނާގޭ، އަބްދުﷲ ނާޝިފްގެ ނަން ފޮނުވާފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލިސްއަށް ފޮނުވާފައިވާ ދެ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދިނުމަށް ފާސްކޮށްފި އެވެ.

ދައުރުން ބޭރުން ނިމުނު ހަފްތާގައި ބޭއްވި ފުރަތަމަ ޖަލްސާގައި، އޭސީސީއަށް އައްޔަން ކުރަން ރައީސް ޑރ.މުއިއްޒު ރައްޔިތުންގެ މަޖިލިސްއަށް ފޮނުވާފައިވާ ދެ ބޭފުޅުންނަކީ މއ. ގޯލްޑަން މޫން އަހުމަދު ނާޝިދު އާއި، ރ. ހުޅުދުއްފާރު ރޯޒްވިލާ އާސިޔާ އަޒީމާގެ ނަމެވެ. ނަމަވެސް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އަށް ރައީސް ޑރ. މުއިއްޒު ވަނީ އާސިޔާގެ ބަދަލުގައި އެ ކޮމިޝަނުގެ މެމްބަރުކަމަށް އައްޔަނުކުރަން ރ. އަލިފުށީ ފަސާނާގޭ، އަބްދުﷲ ނާޝިފްގެ ނަން ފޮނުވާފައެވެ.

އެހެންކަމުން ހެނދުނު ބޭއްވި ޖަލްސާގައި އެ ނަން މިނިވަން މުވައްސަސާތަކާބެހޭ ކޮމެޓީއަށް ދިރާސާކުރުމަށް ފޮނުވުމަށްފަހު މެންދުރު ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމުގައި އެ ނަން ވަނީ ފާސްކޮށްފައެވެ.

އެހެންކަމުން މިއަދު ހަވީރު މަޖިލީހުގެ އިތުރު ޖަލްސާއެއް ބާއްވައި އެ ދެ ނަމަށް ވޯޓަށް އަހައިފަ އެވެ. ޖަލްސާގައި އެވަގުތު ބައިވެރިވި 67 މެންބަރުންގެ އިއްތިފާގުން މއ. ގޯލްޑަން މޫން އަހުމަދު ނާޝިދު އާއި، ރ. އަލިފުށީ ފަސާނާގޭ، އަބްދުﷲ ނާޝިފް ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މެންބަރު ކަމަށް އައްޔަނުކުރަން ފާސްކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ