މާލެ: 31°C
އަބްދުއްރަހީމާއި ރިޒާ ޖޭއެސްސީއަށް އައްޔަން ކުރައްވައިފި

އަބްދުއްރަހީމާއި ރިޒާ ޖޭއެސްސީއަށް އައްޔަން ކުރައްވައިފި

June 4, 2024
3 ފަހަރު ބަލާފައި
އަބްދުއްރަހީމާއި ރިޒާ ޖޭއެސްސީއަށް އައްޔަން ކުރައްވައިފި
ރައީސް ޑރ މުހައްމަދު މުއިއްޒު، ޖުޑިޝަލް ސާވިސް ކޮމިޝަނަށް ދެ މެންބަރުން އައްޔަން ކުރައްވައިފި އެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ. ޖޭއެސްސީ އަށް އައްޔަންކުރެއްވި ދެ މެންބަރުންނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ލ.ފޮނަދޫ، އަރާއިރު، އަބްދުއްރަހީމް އަބްދުﷲ އާއި ރައްޔިތުންގެ މަޖިލީހުގެ މާފުށި ދާއިރާގެ މެންބަރު ކ.ގުރައިދޫ، ސީވީޑް ހުސައިން ރިޒާ އާދަމެވެ. އަބްދުއްރަހީމް އައްޔަންކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނެވެ. ރިޒާ އައްޔަންކުރައްވާފައި ވަނީ މަޖިލީހުގެ މެންބަރުންގެ ތެރެއިން، އެ މަޖިލީހުން ކަނޑައަޅާ މެންބަރެއްގެ ހައިސިއްޔަތުންނެވެ. މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ދެ ބޭފުޅުންނަށް ޖޭއެސްސީ މެންބަރުކަމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓްގެ ފަނޑިޔާރު ޑރ މުހައްމަދު އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، މި ދެބޭފުޅުންނަށް ރައީސް ވަނީ އަރުވާފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ