
އައްބާސް އާދިލު ރިޒާއަށް ކުރީ ދޮޅު އަހަރަށް ވުރެ ދިގު ޖަލުހުކުމެއް އަންނަ ވަރުގެ ދައުވާއެއް
އައްބާސް އާދިލު ރިޒާއަށް ކުރީ ދޮޅު އަހަރަށް ވުރެ ދިގު ޖަލުހުކުމެއް އަންނަ ވަރުގެ ދައުވާއެއް
ލިޔުން:
އިންޑިއާ ހައިކޮމިޝަންގައި ރޯކޮށްލަން ސޯޝަލް މީޑިއާގައި ގޮވައިލިކަމުގެ ތުހުމަތަށް ހައްޔަރުކުރި އައްބާސް އާދިލް ރިޒާއަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން މިއަދު ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.
އައްބާސް އާދިލްގެ މައްޗަށް ކުރި ދައުވާއަކީ، ފަނާކޮށްފާނެކަމުގެ ބިރުދެއްކުމުގެ ކުށުގެ ދައުވާއެވެ. އެއީ ސާބިތު ވެއްޖެ ނަމަ އެއް އަހަރާއި ހަތް މަސްދުވަހުގެ ޖަލުހުކުމެއް އަންނާނެ ކުށެކެވެ.
އައްބާހާ ދެކޮޅަށް އެ ދައުވާކުރި ސަބަބުކަމަށް ޕީޖީ އޮފީހުން ބުނީ، މިދިޔަ ޑިސެމްބަރު 22 ގައި ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ 'ކްލަބްހައުސް' ގައި އައްބާސް އާދިލް ރިޒާ ވާހަކަދައްކަމުން ކުރީގެ ރައީސް ޔާމީންގެ މައްޗަށް ސާބިތުވި މަނީ ލޯންޑްރިންގެ މައްސަލައެއްގެ ޝަރީއަތާ މެދު ހިތްހަމަނުޖެހި، ޕެޓްރޯލާއި ވާ ބުރި ފަދަ ތަކެތި ހޯދައި މާލޭގެ އެކި ތަން ތަނުގައި ހުޅުޖަހައި ހަމަނުޖެހުން ހިންގުމަށް ހިތްވަރުދިން ކަމަށް ތުހުމަތުކުރެވޭތީ އެވެ. ޕީޖީ އޮފީހުން ބުނީ ޢައްބާސް އާދިލް ރިޒާ ބޭނުންކުރާ ޓުވިޓާ އެކައުންޓުން ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނަށް ނިސްބަތްކޮށް އިންޑިއާ އެމްބަސީގައި ހުޅުޖެހުމަށް ގޮވާލާ ޓްވީޓެއް ކުރީ އެގޮތަށް ވާހަކަ ދެއްކި ދުވަހާ ޖެހިގެން އައި ދުވަހު ކަމަށެވެ.
އަދި އޭގެ އަނެއް ދުވަހު، އިންޑިއާ އެމްބަސީގައި ހުޅުޖެހުމަށް ގޮވާލައި ޓުވީޓް ކޮށްފައިވާތީ ވެސް ކަމުގައެވެ.
އައްބާސް އާދިލް ރިޒާއަކީ ކުރީ ސަރިކާރުތަކުގައި އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ރައީސް ވަހީދުގެ ސަރުކާރުގައި ތަރުޖަމާނުގެ ކަމުގެ މަގާމާއި ރައީސް ޔާމީންގެ ސަރުކާރުގައި ސްޓޭޓް މިނިސްޓަރެއްގެ ފެންވަރުގެ މަގާމަކާއި ކަސްޓަމްސްގެ ވެރިޔާގެ މަގާމުވެސް ފުރުއްވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
