އައްބާސް އާދިލު ރިޒާ ހައްޔަރުކޮށްފި

އައްބާސް އާދިލު ރިޒާ ހައްޔަރުކޮށްފި
ލިޔުން:
އިންޑިއާ ހައިކޮމިޝަނުގައި ހުޅުޖަހަން ގޮވައިލާ މޭރުމަކުން ކުރި ޓްވީޓްގެ މައްސަލަ ބަލާނެ ކަމަށް ސަރުކާރުން ބުނިތާ އެއް ދުވަސް ފަހުން، އެކަމުގައި ތުހުމަތުވާ އައްބާސް އާދިލު ރިޒާ މިއަދު ހައްޔަރުކޮށްފި އެވެ.
ކުރީގެ ދެ ސަރުކާރެއްގައި އިސް މަގާމުތަކެއް އަދާކުރައްވާފައިވާ އައްބާސް އާދިލު ރިޒާ ގެ ނަމުގައި ހިންގާ ޓްވިޓާ ހޭންޑުލް އަކުން މިދިޔަ ހުކުރު ދުވަހު ކުރި ޓްވީޓެއްގައި ބުނީ އަށެއް ފެބްރުއަރީ ގައި އައްޑޫގައި ހުޅުޖެހީ އިންޑިއާގެ އޯޑަރަށް ކަމަށާއި އެކަމުގެ ބަދަލު އަދި ނުހިފޭ ކަމަށެވެ. އެކަން "އިންޑިއާ އެމްބަސީން ފަށަށް ފެންނަ" ކަމަށް ވެސް އެ ޓްވީޓްގައި ބުންޏެވެ.
[embed]https://minivan.mv/76044/[/embed]
އެނގިފައިވާ ގޮތުގައި އައްބާސް ހައްޔަރުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މިއަދު ހުކުމް ކުރާތީ ޗެނަލް 13 އިން މިއަދު ކުރިއަށް ގެންދާ ކަވަރޭޖްގައި ބައިވެރިވާން އެ ޗެނަލުގެ އިދާއަށް ވަޑައިގެން އުޅުއްވަނިކޮށެވެ.
އިންޑިއާއާ ދެކޮޅަށް ކުރި ޓްވީޓްގެ މައްސަލަ ބަލާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި ކަމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް އިއްޔެ ވިދާޅުވި އެވެ.
އެ ޓްވީޓްގެ މައްސަލަ ބަލާނެކަމުގެ ޔަގީންކަން ދެއްވައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާ އެމްބަސީގައި ހުޅުޖަހަން ގޮވައިލުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށާއި އެކަން ހަރުކަށިކޮށް ކުށްވެރިކުރައްވާ ކަމަށެވެ.
"ޔަގީންކުރައްވާ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ޒީރޯ ޓޮލެރެންސް އޮން ޓެރާ [ސިޔާސަތު ތަންފީޒުކުރެވޭނެ. އިންޑިއާއަކީ އަޅުގަނޑުމެންގެ ތަރައްގީގެ އެންމެ ގާތް ބައިވެރިޔާ. އަދި ދިވެހިންގެ ތަރައްގީއަށް ހުރަސް އަޅަން ކުރާ މަސައްކަތްތައް ތަހައްމަލެއް ނުުކުރާނަން،" ޓްވީޓްގައި މާރިޔާ ވިދާޅުވި އެވެ.
ކަމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ހަމަނުޖެހުން ހިންގަން ނުވަތަ ޓެރަރިޒަމްގެ އަމަލެއް ހިންގަން ހިތްވަރުދޭ ކޮންމެ ކަމެއް ސީރިއަސްކޮށް ބަލައި ފުލުހުން އެކަން ތަހުގީގުކުރާނެ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
