
އަބާއްޖަވެރިއަކީ ރަހުމް ނުކުރާ މީހާ: ޙުތުބާ
އަބާއްޖަވެރިއަކީ ރަހުމް ނުކުރާ މީހާ: ޙުތުބާ
ލިޔުން:
އަބާއްޖަވެރިއަކީ އޭނާގެ ހިތުން ރަހުމުވެރިކަން ނިގުޅައިގަނެވިފައިވާ މީހާ ކަމުގައި މިއަދުގެ ހުކުރު ޙުތުބާގައި ބުނެފިއެވެ.
ޙުތުބާގައި ބުނެފަިވަނީ، މީސްތަކުންނަށް ރަހުމްނުކުރާ މީހާއަށް މަތްﷲ ރަހުމް ނުކުރައްވާނެ ކަމުގައި ރަސޫލާގެ ހަދީސް ބަސްފުޅެއްގައިވެސް ވާކަމަށެވެ.
އެހެން ކަމުން މިއަދު ގެ ހުތުބާގައި ބުނީ، ތިމާ އަކީ އެހެން މީހުންނަށް ރަހުމް ކުރާ މީހަކަށް ވާންވާނެ ކަމަށާއި، އޭރުން ﷲގެ ރަހުމަތް އެމީހަކަށް ލައްވާނެ ކަމުގައެވެ.
އެގޮތުން އެންމެ ފުރަތަމަ ތިމާގެ އަމިއްލަ ނަފްސަށް ރަހުމްކުރާށެވެ. އުރެދުން ތަކަށް އަރައިގަތުމުން ދުރުހެލި ވުމާއި، އެހެން މީހުންގެ އަބުރާއި އިއްޒަތަށް އަރަގަތުމުން ދުރުހެލިވުމަށް ހުތުބާގައި ވަނީ ބުނެފައެވެ.
ތިމާގެ ނަފްސު ﷲ އަށް ކިޔަމަން ގަތުމަށް އަދާކުރުމާއި، ހެޔޮ މަގުގައި ދަތުރު ކުރުމުގެ އިތުރުން، ބާއްޖަވެރިކަމުގެ މަގު އިހްތިޔާރު ކުރުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރި ވެފައެވެ.
އޭރުން ﷲ ގެ އަޒާބުން ތިމާގެ ނަފްސު ރައްކާ ކުރެވޭނެ ކަމަށާއި، ގިޔާމަތް ދުވަހުން ހިތާމަ ކުރަން ޖެހޭނެ މީހަކަށް ނުވާނެ ކަމަށް ވެސް ހުތުބާގައިވަނީ ބުނެފައެވެ.
މާތްﷲ ވަހީކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. " ހަމަ ކަށަވަރުން ﷲ ގެ ރަހުމަތް ފުޅުވަނީ އިހްސާންތެރިންނާއި ގާތުގައެވެ."
މީގެ އިތުރުން ޚުތުބާގައި ވަނީ، ތިމާގެ އާއިލާ އާއި ގާތްތިމާގެ މީހުންނަށް ރަހުމުކުރުމަކީ މުހިއްމު ކަމެއް ކަމަށާއި، އޭރުން ދިރިއުޅޭ ގެއަކީ، ބާއްޖަވެރި އަދި އުފާވެރި ގެއަކަށް ބަދަލުވާނެ ކަން ހަނދާންކޮށްދީފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
