
އާސަންދަ ސްކީމް ފުޅާކުރަން ދެކޮޅެއްނޫން: އާސަންދަ ކުންފުނި
އާސަންދަ ސްކީމް ފުޅާކުރަން ދެކޮޅެއްނޫން: އާސަންދަ ކުންފުނި
ލިޔުން:
އާސަންދަ ސްކީމް ފުޅާކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، އާސަންދަ ކުންފުނިން އެކަމާއި ދެކޮޅުކަމަށް ފެތުރެމުންދާ ވާހަކަތައް އާސަންދަ ކުންފުނިން މިއަދު ދޮގުކޮށްފިއެވެ.
އާސަންދަ ކުންފުނިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އާސަންދަ ސްކީމްގެ ދަށުން ރާއްޖެއިްނ ބޭރުން ފަރުވާ ހޯދުމަށް ތައލެންޑާއި އެކުވެރި އަރަބި އިމާރާތަށް ބަލިމީހުން ފޮނުވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމާއި ގުޅިގެން، އެކަމަށްޓަކައި އާސަންދަ ކުންފުނިން ކުރަންޖެހޭ މަސައްކަތްތައް ކަމާއި ގުޅުންހުރި އިދާރާތަކާއެކު ކުރަމުންދާ ކަމަށެވެ.
ރާއްޖެއިން ބޭރުން ފަރުވާހޯދުމަށް ސްރީލަންކާ އާއި އިންޑިއާ ނޫން އެހެން ގައުމުތަކަށް ބަލިމީހުން ފޮނުވަން އާސަންދަ ކުންފުނިން ދެކޮޅުކަމަށް ދައްކަމުންދާ ވާހަކަތަކާ ގުޅޭގޮތުން އާސަންދަ ކުންފުނިން ބުނީ، އެގޮތަށް އެ ވާހަކަތައް ދައްކަނީ މިދިޔަ ޑިސެމްބަރުމަހގެ 12 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އާސަންދަ ހިދުމަތް އެހެންގައުމުތަކަށް ފުޅާކުރުމުގެ ވިސްނުމެއް އޭރު ނެތްކަމަށް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ވިދާޅުވި ވިދާޅުވުމުގެ މަފްހޫމު އޮޅޭގޮތަށްކަމަށެވެ. އާސަންދަ ކުންފުނިން ބުނީ އޭރު މި ހިދުމަތް އެހެން ގައުމުތަކަށް ފުޅާކުރުމަށް ސަރުކާރުން އިއުލާނުކޮށްފައި ނުވާކަމަށެވެ.
އާސަންދައިން ބުނީ މިހާރު ސަރުކާރުން އެކަން އިއުލާނުކުރުމާއެކު އޭގެ މާކުރިން ދައްކާފައިވާ ވާހަކަތަކަށް ރިޔާއަތްކޮށް އެއީ ކުންފުނިން ދެކޮޅު ކަމެއްގެ ގޮތުގައި އާއްމުންނަށް ސިފަވާނެހެން ހަބަރުތައް ފެތުރުމަކީ ރައްޔިތުންނަށް ކަމުގެ ހަގީގަތް އޮޅޭނޭ ކަމެއް ކަމަށެވެ.
މިފަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވެފައިވަނީ، މިހާރު އެއް ދިމާލަކަށް އާސަންދަ ލިބޭގޮތަށް އޮންނަ އުސޫލު ބަދަލުކޮށް ،ދުބާއީ އާއި ތައިލެންޑް ފަދަ ގައުމުތަކުން އާސަންދަ ލިބޭނޭ އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.
ރައީސް ވިދާޅުވީ، ރާއްޖެއިން ބޭރުން އާސަންދަ މެދުވެރިކޮށް ދިވެހިން ހޯދާ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. މިގޮތުން ރާއްޖޭގައި ރަނގަޅު ސިއްހީ ނިޒާމެއް ގާއިމްވަންދެން ރާއްޖެއިން ބޭރުގެ ފެންވަރު ރަނގަޅު ހޮސްޕިޓަލްތަކުން އާސަންދައިގެ ދަށުން ފަރުވާ ކުރެވޭނެ ގޮތް ހަމަޖެއްސުމަކީ އަދުގެ ސަރުކާރުގެ އަމާޒެއްކަމަށްވެސް އެދުވަހު ރައީސް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
