މާލެ: 31°C
އާސަންދަ ޕޯޓެލް ތައާރަފްކޮށް ހިދުމަތްތައް އޮންލައިން ކޮށްފި

އާސަންދަ ޕޯޓެލް ތައާރަފްކޮށް ހިދުމަތްތައް އޮންލައިން ކޮށްފި

August 2, 2023
2 ފަހަރު ބަލާފައި
އާސަންދަ ޕޯޓެލް ތައާރަފްކޮށް ހިދުމަތްތައް އޮންލައިން ކޮށްފި
"މައި އާސަންދަ" ނަމުގައި ވެބް ޕޯޓަލްއެއް ތައާރަފުކޮށް، އާސަންދައިގެ ހުރިހާ ހިދުމަތެއް އޮންލައިންކޮށް ލިބޭގޮތް ހަމަޖައްސައިފި އެވެ. ދެން އާސަންދައިގެ ހިދުމަތް ހޯދަން އެދި އާސަންދަ އޮފީހަށް ދާން ނުޖެހޭނެ ކަމަށް އާސަންދަ އިން ބުންޏެވެ. ޕޯޓެލް ތައާރަފް ކުރުމާ އެކު މިހާރު އާސަންދަ ޕޯޓަލް މެދުވެރިކޮށް އާސަންދަ ހޯދަން އެދެވޭނެއެވެ. ޕޯޓެލް މެދުވެރިކޮށް ދޭ ހިދުމަތްތަކުގެ ތެރޭގައި:
  • ޑޮކްޓަރުންނަށް ރެކޮމެންޑޭޝަން ފޯމު ފުރުން
  • އާސަންދައިގެ އިތުރުން ވެލްފެއާގެ އެހީތެރިކަމަށް އެދި ހުށަހަޅާ ލިޔެކިޔުންތައް ވެސް ޕޯޓަލް މެދުވެރިކޮށް ހުށަހެޅުން
  • އެޕްލިކޭޝަންގެ ސްޓޭޓަސް ބެލުން
  • އެޕްލިކޭޝަން ކުރިއަށް ގެންދިއުމަށް އިތުރު ލިޔެކިޔުން ބޭނުންވާ ނަމަ، އެވެސް ޕޯޓަލްގެ ތެރެއިން ހުށަހެޅޭނެ.

އެ ޕޯޓަލް އަށް އީފާސް މެދުވެރިކޮށް ލޮގިން ވެވޭނެ އެވެ.

[embed]https://twitter.com/AasandhaLtd/status/1686406597386616832[/embed] އޮންލައިންކޮށް ހިދުމަތަތް ދިން ނަމަވެސް ނަމަވެސް އަދިވެސް އާސަންދަ އޮފީހަށް އައިސް އެޕްލިކޭޝަން ފޯމް ހުށަހަޅަން ބޭނުންވާ މީހުންނަށް އެ ފުރުސަތު އޮންނާނެ ކަމަށް ވެސް އާސަންދަ ކުންފުނިން ބުނެއެވެ. އީ-ފާސް މެދުވެރިކޮށް ދިވެހި ހުރިހާ ރައްޔިތުންނަށް އާސަންދަ ޕޯޓަލްއަށް ވަދެވޭނެ ކަމަށް ވެސް އާސަންދަ ކުންފުނިން ބުނެއެވެ. އާސަންދަ އަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ސިއްހީ އިންޝުއަރެންސް އަށް ކަނޑައަޅާފައިވާ ގައުމީ، ނިޒާމެވެ. މި އަހަރުގެ މިހާތަނަށް ފަރުވާއަށް ރާއްޖެއިން ބޭރަށް 532 މީހުން ފޮނުވާފައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ